މުއިއްޒު އަންގައިގެން 7468048 ގެ ފޯން ނަމްބަރުން މަޖިލިސް މެމްބަރުންނަށް ގުޅައި، މަޖިލީސް މެމްބަރުންނާއި، އެމީހުންގެ އަނބިދަރިން މަރާލާނެ ކަމަށް ބުނެ، ދަނީ އިންޒާރު ދެމުންނެވެ. މުއިއްޒު ބައްޕަ އަށް ބޮޑު ބޭބެ ކިޔާ ކުއްޖަކު، ދިމްޔާތުން ނުނިކުމެގެން މުއިއްޒު ވަނީ އޭނާ އަށް އިންޒާރުދީ ވަޅި ޖެހުމަށް ގޭންގެއް ފޮނުވާފައި ކަމަށް، އެކުއްޖާ ދިޔަވަރު ނޫހަށް މީގެ ކުރިން މައުލޫމާތު ދީފައި ވެއެވެ. މުއިއްޒު ފޮނުވި ގޭންގުގެ ބައެއް މެމްބަރުންނަކީ އެ ކުއްޖާގެ ރައްޓިހިން ކަމުން އެފަހަރު، ލޭ އޮހޮރުވުމަކަށް ނުގޮސް އެ މައްސަލަ ހައްލިވި ކަމަށާއި، އެކަމާއި ބިރުން އޭނާ އެގެއިން ނުކުތް ކަމަށް ދިޔަވަރު ނޫހަށް އެ ކުއްޖާ ކޮށްފައިވާ މެސެޖްތަކުގައި ވެއެވެ.
މުއިއްޒު މަޖިލިސް މެމްބަރުންނަށް ބިރު ދައްކަމުން ދަނީ، ކެބިނެޓް މެމްބަރުންނަށް މަޖިލީހުން ރުހުން ނުދީގެންނެވެ. އަދި މިކަމާއި ގުޅިގެން މަޖިލީހުގެ ރަޢިސް އަދި ނައިބް ރައިސްގެ އިތުބާރު ނެތްކަމަށް ސޮއެ ހަމަ ކޮށް މަޖިލީހަށް މުއިއްޒު އަންގައިގެން ފޮނުވާފައި ވެއެވެ. ނަމަވެސް އެފަދަ ވޯޓެއް ކާމިޔާބު ކުރުމަށް ބޭނުންވާ މިންވަރަކަށް މުއިއްޒު އަށް ތާޢީދެއް މިޖިލީހުގައި ލިބިފައި ނެތެވެ.
މުއިއްޒު ވެރިކަމަށް އައިސްފައި ވަނީ، މަސްތުވާ ތަކެތި ބޭނުން ކުރާ ގޭންގު ތަކުން ތާޢީދު ކޮށްގެން އެމީހުންގެ ބާރުގައެވެ. އެހެން ކަމުން މުއިއްޒު ވެރިކަން ދެމެހެއްޓުމުގައި ގޭންގުތައް ބޭނުން ކޮށް އިންޒާރު ދިނުމަކީ ހައިރާންވާވީ ކަމެއް ނޫނެވެ.
މަޖިލިސް މެމްބަރުންނަށް މަރުގެ އިންޒާރު ދެމުންދާ މައްސަލަ އެމްޑީޕީއިން ވަނީ މިހާރު ފުލުހަށް ހުށައަޅާފައެވެ.