ޚަބަރު

ދަރިފުޅުގެ ވަޒީރުކަން ކަށަވަރު ކޮށްގެން, އެހެން ވަޒީރުންނަށް ރުހުން ހޯދަން އަބުދުއްރަހީމް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ! ވަޒީރުންގެ މެދުގައިވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައި!

ދިޔަވަރު
ދަރިފުޅުގެ ވަޒީރުކަން ކަށަވަރު ކޮށްގެން, އެހެން ވަޒީރުންނަށް ރުހުން ހޯދަން އަބުދުއްރަހީމް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ! ވަޒީރުންގެ މެދުގައިވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައި!

އަބުްދުއްރަހީމްގެ ދަރިފުޅު އިބްރާހިމްގެ ވަޒީރުކަން އެކަނި ކަށަވަރުކޮށްގެން, އެހެން އެއްވެސް ވަޒީރެއްގެ ވަޒީރުކަން ކަށަވަރުކުރުމަށް އަބުުދުއްރަހީމް މަސައްކަތް ކޮށްފައި ނުވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި, ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނަށް ގުޅާ, ދަރިފުޅުގެ ވަޒީރުކަން ކަށަވަރު ކުރުމަށް އަބުދުއްރަހީމް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށާއި, އެހެންނަމަވެސް އެހެން އެއްވެސް ވަޒީރެއްގެ މަގާމް ދަމަހައްޓަން އޭނާ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި, އަބުދުއްރަހީމް އާނާގެ ދަރިފުޅަށް އެކަނި ރުހުން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުން ވަޒީރުންގެ މެދުގައި އެކަމުގެ ކަންބޮޑުވުމާއި, ހިންހަމަ ނުޖެހުން ވަރަށްބޮޑަށް އުފެދިފައިވާ ކަމުގައެވެ.

އަދުރޭ ހަމައެކަނި މަސައްކަތް ކުރީ އޭނާގެ ދަރިފުޅުގެ ވަޒީރުކަން އެކަނި ހިމާޔަތް ކުރަން. އެކަން ކުރަން އޭނާވަނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތުވެސް ދީފަ. އެކަމުގެ ކަންބޮޑުވުން ވަޒީރުންގެ މަޖިލިހުގައި އެބައޮތް.

ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އަބްދުއްރަހީމްގެ ދަރިފުޅު ފައިސަލްއަކީވެސް ރުހުން ނުދޭން އެމްޑީޕީން ނިންމާފައިވާ ވަޒީރެއް ކަމަށާއި, އޭނާއަށް ރުހުން ދޭގޮތަށް ނިންމީ އަބުދުއްރަހީމް ރިޝްވަތުވެސް ދީގެން ކަމުގައެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސްއިން މިއަދު ނިންމާފައިވަނީ ރައީސް މުއިއްޒުގެ ކެބިނެޓްގެ 4 ވަޒީރަކަށް ރުހުން ނުދިނުމަށެވެ.

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ.

އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަށެވެ.