މުއިއްޒުގެ އަމުރަށް މާލޭގެ ނުރައްކާތެރި ގޭންގުތައް މަޖިލިސް ދޮށަށް ޖަމާވާން ފަށައިފިއެވެ. ގިނަ މީހުން ތިބީ މަސްތު ހާލަތުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މީހުން ހަތިޔާރު ގެންގޮސް އެތަނުގައި ހަމަ ނުޖެހުން ހިންގުމަކީ އެކަށީގެން ވާ ކަމެކެވެ. މުއިއްޒު އަންގައިގެން އެ ސަރަހައްދުގައި ހުރި، ޑެޕިއުޓީ މިނިސްޓަރަކު މިނޫހަށް މައުލުތު ދިނީ، މިކަމުގައި ބިރު ގަންނަނީ މިއިން ބޮއެގެން ހުރި މީހެއް އަހަރެމެން ގަޔަށް ވަޅި ހަރާފާނެތީ ކަމަށާއި، ގޭންގް ތައް މުއިއްޒު ފޮނުވުމަކީ ހެދި ގޯހެއް ކަމަށެވެ. އަދި އޭނާ އެތަނުން އިރުކޮޅަކުން ދާނެ ކަމަށް ދިޔަވަރަށް މައުލުމާތު ދެމުން ދެއްވިއެވެ.
މުއިއްޒަކީ އަނިޔާވެރިކަމުގައި ހައްދު ފަހަނަ އަޅައި ގޮސްފައިވާ މީހެކެވެ. މަޖިލީސް މެމްބަރުންނަށް ލިބިފައިވާ ރުހުން ދިނުމުގެ ހައްޤަށް މުއިއްޒު އަރަމުން ދަނީ ޤާނޫނާއި ޚިލާފަށެވެ. އަދި މަޖިލީހުގައި ތިބި ރިޝްވަތުން ގަނެފައިވާ 13 މެމްބަރުން މަޖިލީހަށް ފޮނުވާފައި ވަނީ، މިއަދު 6:30 ގައި އެމީހުންނާއި ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުމުގައި މުއިއްޒުގެ ފަރާތުން ރެޑް ވައިން މަޖިލިސް މެމްބަރުންނަށް ދީފައި ވެއެވެ.