ޚަބަރު

ރިޝްވަތުގެ ހަރާމް ފައިސާއަށް ނަފުސު ވިއްކާލި މެމްބަރުން, މިއަދު ގަދަ ބާރުން މަޖިލިސް ހުއްޓުވާ, ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށްފަހު, ދިޔައީ ރައީސް އޮފީހަށް

ދިޔަވަރު
ރިޝްވަތުގެ ހަރާމް ފައިސާއަށް ނަފުސު ވިއްކާލި މެމްބަރުން, މިއަދު ގަދަ ބާރުން މަޖިލިސް ހުއްޓުވާ, ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށްފަހު, ދިޔައީ ރައީސް އޮފީހަށް

މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ހުއްޓުވާލާ, ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ނިގުޅައިގަތުމަށްފަހު, ރިޝްވަރުގެ ހަރާމް ފައިސާއަށް ނަފްސު ވިއްލާކު މެމްބަރުން ރައީސް މުއިއްޒުއާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންވިއެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމުމާއި ގުޅިގެން, ސަރުކާރަށް ނިސްބަތްވާ މެމްބަރުން މިއަދު ވަނީ ގަދަ ބާރުން މަޖިލިސް ހުއްޓުވާ, މަޖިލިހުގެ ތަކެއްޗައް ގެއްލުންދީ, އަދި ބައެއް މެމްބަރުންގެ ގަޔަށް ބޮލަށްވެސް އަރައިގެންފައެވެ.

މިރޭގެ ޖަލްސާއަށްފަހު, ރައީސް އޮފީހަށް ވަޑައިގެންނެވި, ހަރާމް ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުންގެ ތެރޭގައި ފޭދޫ ދާއިރާގެ މެމްބަރު ނިހާދުއާއި, ކުރެންދޫ ދާއިރާގެ މެބްބަރު އަބުދުލް ޢަނީއާއި, މުލަކު ދާއިރާގެ މެމްބަރު އިބުރާހިމްގެ އިތުރުން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދުވެސް ހިމެނެއެވެ. ބެލެވޭ ގޮތުގައި މި މެމްބަރުން މަޖިލިސް ހުއްޓުވަމަކަށް ގެނެސް ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާތީ, ރައީސް މުއިއްޒު މި މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާނެއެވެ.

ފާއިތިވި ޑިސެމްބަރުމަހު ރިޝްވަތުގެ ހަރާމް ފައިސާއަށް, އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުން ރައީސް މުއިއްޒުގެ އެންގެވުމަށް މިއަދު މަޖިލީހުގައި މާރާމާރީ ހިންގާފައިވާއިރު, މީގެ ތެރެއިން ގިނަ މެމްބަރުންނަށް އަދިވެސް, ރިޝްވަތުގެ ފައިސާ ދީ ހަމަވެފައި ނުވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ މި މެމްބަރުންނަށް ދޭން މުއިއުޒު ދިން ފައިސާގެ ތެރެއިން ބޮޑުބައެއް އަދިވެސް ހުރީ ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ އަތުގައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ޕީއެންސީގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވެފައިވާ ގޮތުގައި, މެމްބަރުން އެޕާޓީއަށް ސޮއި ކޮށްފައިވަނީ ކޮންމެ މެމްބަރަކަށް 2.5 މިލިއަން ރުފިޔާ ދިނުމަށް ރައީސް މުއިއްޒު ވައުދުވެގެން ކަމުގައެވެ. އަދި އޭގެ އިތުރަށް މެމްބަރުން ބެނުންވާ ވަޒީފާތައްވެސް ސަރުކާރުގެ ތެރެއިން ހަމަޖައްސާދޭނެކަމަށްވެސް ރައީސް މުއިއްޒު ވައުދު ވިއެވެ. އެހެންނަމަވެސް މެމްބަރުން ބޭނުންވާ ބައެއް ވަޒީފާތައްވެސް އަދިވެސް ހަމަޖައްސާ ދީފައި ނުވާއިރު, މެމްބަރުންނަށް ހަމަޖައްސާދޭން ވައުދުވި ފައިސާ މިހާތަނަށްވެސް ހަމަޖައްސާދީ ނިންމާފައި މެމްބަރުންގެ މެދުގައި މައްސަލަ ބޮޑުވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ބެލެވޭގޮތުގައި ރިޝްވަތުގެ ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުން މިއަދު މަޖިލިސް ހުޓުވާފައިވަނީ, ނުލިބި ހުރި ފައިސާ ރައީސް މުއިއްޒު އަތުން ހޯއްދެވުމުގެ މަގުސަދުގައެވެ.