130 ގައުމަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވާ ސްޕެއިންގެ މެޑްރިޑްގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓުއަރިސްޓް ފެއަރ އަށް ރާއްޖޭގެ ޓުއަރިޒަމް މާކެޓް ކުރުމަށް ވަޑައިގެން ހުންނެވި އެމްއެމްޕީއާރުސީ ފާތުމަދު ތައުފީގަށް، މީޑިޔާގައި ރާއްޖެ ޕްރޮމޯޓް ކުރަން ލިބުނު ފުރުޞަތުގައި އިނގިރޭސިން ވާހަކަ ދައްކަން ނޭނގި، މުޅި ދިވެހި ރާއްޖެ ޔޫރަޕާއި، ދުނިޔޭގައި ލަދު ގަންނަވާލައިފިއެވެ.
މި ފެއަރ އިންތިޒާމު ކުރި ފަރާތުން އެކި އެކި ޤައުމުތަކުގެ ޓުއަރިޒަމް މިނިސްޓަރުންނާއި ނުވަތަ ޕްރޮމޯޝަން ބޯޑުތަކާއި އިންޓަވިއު ކޮށް އިތުރަށް އެގައުމު ތައް ޕްރޮމޯޓް ކުރުމަށް ފުރުޞަތު ދީފައި ވެއެވެ. އެކި ޤައުމުތަކުން ފުރިހަމަ އަށް އެޤައުމުތައް ތަމްސީލު ކޮށްފައި ވާއިރު، ރާއްޖޭގެ ސްޓޯލް ކައިރީގައި ފާތުމަދު ތައުފީގު ދިން އިންޓަވިއު ވެގެން ދިޔައީ މުޅި މި ފެއަރ ގައި މުޅި ޔޫރަޕުގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އިންތަވިއު އަށެވެ.
ދުނިޔޭގެ އެންމެ އަގު ބޮޑު އެންމެ ރީތި އެއް މަންޒިލު ތަމްސީލު ކުރުމަށް ހުރި ފަރާތަށް އިނގިރޭސިން ދެތިން ބަސް އެކުލަވާލައިގެން ބުނެ ނުލެވުން ވެގެން ދިޔައީ އެންމެންނަށްވެސް ލިބުނު ސިހުމަކަށެވެ. އިންޓަރވިއު ކުރި ފަރާތަށް އެދެވޭ ޖަވާބެއް ނުލިބިގެން ތަކުރާރު ކޮށް އެއް ސުވާލެއް ކުރުމުން ވެސް ފާތުމަދު ތައުފީގު ދީފައި ވަނީ ވެރީ ވެރީ ވެރީ ކިޔަމުން، ވާހަކަ ނުދެއްކިގެން ދިން ޖަވާބެކެވެ.
މި ވީޑިޔޯތައް މިހާރު ސޯޝަލް މީޑިޔާގައި އާންމު ވެފައިވާއިރު، ރާއްޖޭގެ ޓުއަރ އޮޕްރޭޓަުންވެސް އެކި ގްރޫޕްތަކުގައި މިކަމާއި ލަދުން ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. މި ގޮތުން މިއީ މިހާރު އަޅުގަނޑުމެންގެ ފެންވަރުތޯ ބުނެ ސުވާލު ކޮށްފައިވެއެވެ. އަދި ޓުއަރިޒަމް މިނިސްޓަރަކަށް ހުރީވެސް ހަމަ މިފަދަ މީހެއް ކަމަށާއި، މި އިންޑަސްޓްރީ ހަލާކުވާން ވާން ނެތް ކަމަށާއި، މި ސިނާއަތް ހަލާކުވެ ގޮސްފި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތަށް ޤައުމީ ލިބާސް ލައިގެން ފާތުމަދު ތައުފީގް ގޮސްފައިވާ އިރު، އެއިން ކުޑަ މިނުން ރޫވެސް ފިލުވާނުލާ ހުރުމުން ސޯޝަލް މީޑިޔާގައި އިތުރަށް މީހުންގެ ނުރުހުމާއި މަލާމާތު ވަނީ ނާގާބިލު ފާތުމަދު ތައުފީގަށް ލިބިފައެވެ. ފާތުމަދު ތައުފީގަށް މި މަގާމު ލިބިފައިވަނީ އޭނާ ޕީޕީއެމް ޕީއެންސީގެ ލީޑާ ޝިޕްގެ ގިނަ އަދަދެއްގެ ފިރިހެނުންނާއި އެކު ބާއްވަދޭ ގާތް ގުޅުމުގެ ސަބަބުންނެވެ. ހަމަ މި ގުޅުން ބަދަހި ކުރާ އޭނާގެ ކޮއްކޮ ހިންދު ތައުފީގަށް މުއިއްޒު ވަނީ މިހާރު ޑެޕިއުޓީ މިނިސްޓަރު ކަންވެސް ދީފައެވެ. އިލްމެއް، ތަޖުރިބާއެއް ޤާބިލު ކަމެއް ނެތި މިފަދަ މީހުންނަށް ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ހާވާލު ކޮށްފައިވަނީ ޤައުމަށް އެއްވެސް ކަހަލަ ހެވެއް މުއިއްޒު ނޭދޭތި ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކެއެވެ.
މީގެ ކުރިން، ގޭންގް ހިންގާ ނައިބް ރައިސް ކަމުގައި ހުރި ސެމްބެ ވަނީ ބޭރު ދުނިޔޭގައި ވާހަކަ ދައްކައި، ދެފަހަރެއްގެ މަތިން ރާއްޖެ ލަދު ގަންނަވާލާފައެވެ. ސަރުކާރުން ވަނީ 300 އަށް ވުރެ ގިނަ، މިނިސްޓަރުންނާއި، ޑެޕިއުޓީއިންނާއި، ސްޓޭޓް މިނިސްޓަރުން މަގާމު ތަކަށް އައްޔަން ކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ތައުލީމީ ގޮތުން ޤާބިލުކަން ކުޑަ ފާތުމަދު ކަހަލަ މީހުންނެވެ.