ހުޅުމާލޭގައި އާންމު ރައްޔިތުން އެމީހުންގެ ގޭ ދޮރުމަތީ އިންދައި، އެތައް އަހަރެއް ވަންދެން ފެންދީ ހައްދާފައިވާ ގަސްތައް، އެމީހުންގެ ނުރުހުމުގައި އެޗްޑީސީ އެމްޑީ ފަޒުލްގެ އޯޑަރަށް ނަގަން ފަށައިފިއެވެ. ދިޔަވަރު ނޫހަށް އެޗްޑީސީގެ ތެރެއިން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ގަސްތައް ވަރަށް ބޮޑު އަގުގައި އެޗްޑީސީ އެމްޑީ ފަޒުލް ވަނީ ރިސޯޓަކަށް ވިއްކާ ލުމަށް ނިންމާފައެވެ.
މި ގަސްތައް އުފުރަމުން ދަނީ، އެގަސްތައް އިންދާފައި ހުރި ފަރާތަށް ކުޑަވެސް އެންގުމަކާއި ނުލައެވެ. އެޗްޑީސީއިން ދަނީ އެމީހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ހިފަމުންނެވެ. މާލޭ ސިޓީ ކައުންސިލަށް ބާރުތައް ދޫކޮށްފައި ވަނީ ނަމެއްގައެވެ. އެޗްޑީސީ އިން އެމީހުން ބޭނުން ކަމެއް، ބޭނުން އިރަކު ހުޅުމާލޭގައި ބޭނުން ގޮތަކަށް ދަނީ ކުރަމުން ކަމަށް އެޗްޑީސީއިން މައުލޫމާތު ދިން ފަރާތުން ކިޔައި ދިނެވެ.
މި ގަސްތައް އުފުރަމުން ދަނީ އާންމުންގެ ނުގަބޫލުގައި ކަމަށް ވާތީ، އެޗްޑީސީއިން މި ހިންގަމުންދާ ގަވާއިދާއި ޚިލާފު ފޭރުމުގެ އަމަލު، ކުރިއަށް ގެންދިޔުމުގައި އެހީތެރި ވުމަށް، ދިވެހި ފުލުހުން ވަނީ އެތަނަށް ހާޒިރުވެފައެވެ.
ބާރުގެ ބޭނުން ކޮށްގެން ބައެއްގެ ހައްޤަކަށް އަރައިގަންނަ އިރު، ފުލުހުން ކީއްކުރަން ސިފައިންވެސް ބޭނުންވާނެ! މި ފެންނަނީ އިޒްރޭލުން ފަލަސްތީނުގެ ގެތަކަށް ޔަހޫދީން ވެއްދުމަށް، އެތާގެ ފުލުން އެހީތެރިވާހެން މީހުން އެތައް ދުވަހެއް ވަންދެން ހައްދާފައިވާ ގަސްތައް ފުލުހުންގެ ބާރު ދައްކައިގެން ގެންދާތަން!
އެތަނުގައި ހުރި މީހަކު ދިޔަވަރު ނޫހަށް ކިޔައިދިނެވެ.
ސަރުކާރުން އޮތީ، ރިޝްވަރު ދިނުމާއި، ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ހިފައި އަނިޔާވެރިވުމުގައި ހައްދުފަހަނަ އަޅާފައެވެ.