މަޑަވެލި ދާއިރާގެ އެމްޑީޕީ މަޖިލިސް ޓިކެޓުގައި އޭދާއިރާއަށް ވާދަކުރާ އެރަށު އިބުރާހިމް ނާފިޒް (ޗިކާގެ)ގެ ކެމްޕޭންގައި ބައިވެރިވިތާ 30 މިނިޓް ތެރޭގައި އެރަށު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރުގެ މަގާމްގައި ހުރި އަޒަމް މުހައްމަދު ވަޒީފާއިން ވަކި ކޮށްފިއެވެ.
އެމްޑީޕީގެ ޓިކެޓްގައި ކެމްޕޭން ކުރަމުންދާ ޗިކާ ކުރި ފޭސްބުކު ޕޯސްޓެއްގައި ބުނެފައިވަނީ އާނާގެ ކެމްޕެންގައި އަޒަމް ބައިވެރިވިތާ 30 މިނަޓު ތެރޭގައި އަޒަމް ވަޒީފާ އިން ވަކި ކުރި ކުރުން ކުއްވެރި ކުރާ ކަމުގައެވެ.
އަދި އޭނާ ބުނެފައިވަނީ އެ އަމަލަކީ އެހެން މުއައްޒަފުންނައް ބިރު ދެއްކުމުގެ ނިޔަތުގަ ކުރި ހަޑި ހުތުރު އަމަލެއް ކަމުގައެވެ.
އަޒަމް އަނިޔާވެރިކޮށް ވަޒީފާއި ވަކި ކުރުމާއި ގުޅިގެން އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައި, ފެނަކަ އެމްޑީ މުއާޒު ރަޝީދަށް ނިސްބަތްކޮށް ބުނެފައިވަނީ މާޒީން އިބުރަށް ހާސިލް ކުރަން ޖެހޭނަކަމަށާއި, މީގެކުރިންވެސް އެމްޕީއަކަށް ހުރެ މުއާޒް ރަޝީދު ދާއިރާގެ ރައްޔިތުންނަށް އަނިޔާވެރި ވެފައިވާ ކަމުގައެވެ.

އަދި އޭނާ ބުނެފައިވަނީ މިފަހަރު ފެނަކަ އެމްޑީގެ މަގާމުގައި ހުރެ މުއާޒް ދަނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް އަނިޔާވެރިވަމުން ކަމުގައެވެ. އަދި އޭނާ ބުނެފައިވަނީ މަޑަވަލި ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕިއެންސީގެ ޓިކެޓްގައި ވާދަކުރާ, މުއާޒްގެ ބޭބެ ޝަމީޒް މިފަހަރު ބަލިކުރާނެ ކަމުގައެވެ.
މާޒީން އިބްރަތެ ހާސިލް ކެރަންނައު. މީގެ ކުރިއެން އެމްޕީކަމަޓެ އާހު އަނިޔާވެރިވޫ ދާއިރާ މަޑަވެލި ދާއިރާ ރައްޔިތުންނަޓެ. މިބުރު ފެނަކަ އެމްޑީ އަކަޓެ އާހު މުޅި ރާއްދޭ ރައްޔިތުންނަޓެ. ބިރެދައްކައިގަން ލެބެންނެއި ވޯޓެކެ ނޯންނެއި. މަޑަވެލި ދާއިރާއިން ޝަމީޒްބަލިކެރަމައު....
އަޒަމްގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައި ވެއެވެ.
ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކު ނުކުރާނެ ކަމުގައެވެ.
އެހެންނަމަވެސް ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮށްވާ ރައީސް މުއިއްޒުގެ އެންގެވުމަށް ފެނަކައިން ވަނީ އެކުންފުނީގެ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ތެެރެއިން, ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ތާއީދު ނުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބިރު އެކުންފުނިން ދަނީ ދައްކަމުންނެވެ.