ޚަބަރު

ފެނަކައިން، އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، އަގު ބޮޑު ކޮށް ކޭޝް ކޮށް ލިއޯ ސަވާދު އަތުން އަޑީތެޔޮ ގަންނަން ފަށައިފި

ދިޔަވަރު
ފެނަކައިން، އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، އަގު ބޮޑު ކޮށް ކޭޝް ކޮށް ލިއޯ ސަވާދު އަތުން އަޑީތެޔޮ ގަންނަން ފަށައިފި

މަޖިލީސް އިންތިހާބަށް ފައިސާ ހެދުމަށް، ފެނަކައިން، އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، އަގު ބޮޑު ކޮށް ކޭޝް ކޮށް ލިއޯ ސަވާދު އަތުން އަޑީތެޔޮ ގަންނަން ފަށައިފިއެވެ. ދެގުނަ އަގު ބޮޑުކޮށް ކޭޝްކޮށް ފައިސާ ދީފައި، ސަވާދު އަތުން ނަގަމުން ދަނީ ޕެޓްރޯލް އޮފިސީ ކިޔާ ބްރޭންޑެއްގެ އަޑީ ތެލެވެ.

ފެނަކައިގެ ޑީއެމްޑީ އަކަށް މި ސަރުކާރުން ހަމަ ޖައްސާފައި ވަނީ، ސަވާދުގެ ޅިޔަނެކެވެ. ސަވާދުގެ ޅިޔަނު ޒުހުރީ ދަނީ އެކި ގޮތް ގޮތުން، ކޮރަޕްޝަންގެ ބޮޑެތި ވައްކަންތައް ފެނަކައިގެ ތެރޭ ހިންގަމުންނެވެ. އަދި ކޮރަޕްޓް ޑީލްތަކަށް ފައިސާ ކޭޝް ކޮށް ދިނުމަށްޓަކައި، ކޮންޓްރަކްޓަރުންނާއި، ސަޕްލަޔަރުންނަށް ދޭން ހުރި ލާރިތައް ދަނީ ބޭނުން ކުރަމުންނެވެ.

ސަވާދުއަށް މި ސަރުކާރުން ބޮޑެތި ފައިދާ ވާހެން ކޮރަޕްޝަން އަށް މަގު ފަހި ކޮށް ކަންކަން ކުރަމުން ދަނީ މެޑަމް ސާޖިދާގެ ބައިވެރި ވުމާއި އެކު އެވެ. އަދި ވެރިކަމަށް އައުމަށް ސަވާދު ވަނީ ސާޖިދާ އަށް 3 މިލިއަން ރުފިޔާ ކެމްޕެއިނަށް ޚަރަދު ކޮށް ދީފައެވެެ.