ޚަބަރު

ޤައުމިއްޔަތު ދިރުވުމަށްޓަކައި ތޯ ދިވެހިންނަށް ފުރުޞަތު ނުދީ، ޤައުމީ ކްރިކެޓް ޓީމުގައި ސްރީލަންކާ ތިން ކުޅުންތެރިން ހިމަނާފައި ވަނީ؟ ދިވެހިންނަށް ފުރުޞަތު ނެތް "ދިވެހިންގެރާއްޖެ"!

ދިޔަވަރު
ޤައުމިއްޔަތު ދިރުވުމަށްޓަކައި ތޯ ދިވެހިންނަށް ފުރުޞަތު ނުދީ، ޤައުމީ ކްރިކެޓް ޓީމުގައި ސްރީލަންކާ ތިން ކުޅުންތެރިން ހިމަނާފައި ވަނީ؟ ދިވެހިންނަށް ފުރުޞަތު ނެތް "ދިވެހިންގެރާއްޖެ"!

އޭސީސީ މެންސް ކްރިކެޓް ޗެލެންޖް ކަޕްގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމްގައި ސްރީލަންކާގެ ތިން ކުޅުންތެރިން ހިމަނައިފިއެވެ.

މުބާރާތުގައި ވާދަކުރަން ގައުމީ ޓީމް ތައިލެންޑަށް ދިޔައީ ސްރީލަންކާގެ ތިން ކުޅުންތެރިންނާ އެކުގައެވެ. އޭސީސީގެ ގަވާއިދު ބުނާ ގޮތުން އެހެން ގައުމެއްގެ ޕާސްޕޯޓް އޮތަސް, އެގައުމެއްގައި މަސައްކަތްކުރާތާ ތިން އަހަރުވެއްޖެ ނަމަ އަދި އެގައުމުން ބޭރުގައި 60 ދުވަސް ނުވާނަމަ ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު ލިބެއެވެ. އެފުރުޞަތުގެ ދަށުން ގައުމީ ކްރިކެޓް ޓީމްގައި ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ތިން ކުޅުންތެރިން ވަނީ ހިމަނާފައެވެ.

ދިވެހި ރަނގަޅު ކުޅުންތެރިންނަށް ފުރުޞަތު ނުދީ، ބޮޑު އަގުގައި ސްރީލަންކާ ކުޅުންތެރިން ގެނެސް ޤައުމީ ކްރިކެޓް ޓީމްގައި ހިމަނާފައި ވަނީ، ޤައުމިއްޔަތުގެ ދިފާޢުގައިތޯ މި ދާއިރާގެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. "ދިވެހިންގެރާއްޖޭގައި" ދިވެހިންނަށް ފުރުޞަތު ނެތް ކަމަށް ބުނެ، އަޑުތައް ދަނީ ގިނަ އިންޑަސްޓްރީ ތަކުގައި ގިނަވަމުންނެވެ.