ޚަބަރު

ޓްވީޓް ކޮށްދޭ މަތިން ލޫކަަސް ޖަލީލަށް މަހަކަށް 25,000 ރުފިޔާ ލިބޭ! ސަރުކާރު ގެންނަށް ޓްވީޓް ކުރި ފަރާތްތަކަށް އަދިވެސް ވަޒީފާ ގަނޑެއް ނުލިބޭ!

ދިޔަވަރު
ޓްވީޓް ކޮށްދޭ މަތިން ލޫކަަސް ޖަލީލަށް މަހަކަށް 25,000 ރުފިޔާ ލިބޭ! ސަރުކާރު ގެންނަށް ޓްވީޓް ކުރި ފަރާތްތަކަށް އަދިވެސް ވަޒީފާ ގަނޑެއް ނުލިބޭ!

މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް ލޫކަސް ޖަލީލަށް (ޝައްމޫނު ޖަލީލް) ޓްވީޓް ކޮށްގެން މަހަކަށް 25،000 ރުފިޔާ އަބްދުއްރަހީމް ގެ ފަރާތުން ލިބޭކަމަށް، ދިޔަވަރު ނޫހަށް އެކަން އެނގޭ ފަރާތަކުން ހާމަ ކޮށްދީފިއެވެ.

މިކަން ހާމަ ކުރި ފަރާތުން މައުލޫމާތު ދެމުން، ސޯޝަލް މީޑިޔާގައި މުއިއްޒު ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވި، މުހިންމު އެތައް ފަރާތްތަކަށް އަދިވެސް ވަޒީފާ ހަމަ ޖައްސާފައި ނުވާއިރު، އެމްޑީޕީއިން ފުއްމާލި މީހަކަށް 25،000ރ ދިނުމަކީ ބޮޑު ޖޯކެއް ކަމަށް އޭނާ ސިފަ ކޮށް ކިޔައިދީފައި ވެއެވެ.

މިކަން އެނގޭ ފަރާތްތައް ތިބީ، ހިތް ހަމަ ނުޖެހިފައި ކަމަށާއި، އެއްވެސް ކަހަލަ އަގެއް ނެތް މީހަކު ކުރާ ޓްވީޓް ތަކަކީ ބަޔަކު ބަލައިގަންނާނެ އެއްޗެއް ނޫން ކަމަށާއި، މުއިއްޒުގެ ބާރު ކެނޑޭ އިރަށް އެންމެ އަވަހަށް މުއިއްޒު ދޫކޮށް ދާނީ މި ފަދަ މީހުން ކަމަށް އޭނާ ހާމަ ކުރިއެވެ.

އެމްޑީޕީގައި ހުރި އިރު ޓްވީޓް ކުރަން އެދުމުން، ޑިޕްރެޝަން އަށް ދާކަމަށް ބުނެ ޓްވީޓް ކުރުމާއި އޭނާ މާ ދުރުދުރުން އުޅޭފައި، ޑިމޮކްރެޓްސް އާއި ގުޅި، ޑިމޮކްރެޓްސް އާއި އެއްކޮޅަށް ޓްވީޓް ކުރުމަށް ފަހު، މި ސަރުކާރަށް އޭނާ ޓްވީޓް ކުރަން ފެށީ ފައިސާ އަށް ކަމަށް ބުނެ ހިތް ހަމަ ނުޖެހިގެން އެވާހަކަ ކިޔައިދިނެވެ.

ވަކި ބަޔަކަށް ޓްވީޓް ކުރަން ފައިސާ ދޭ މައްސަލަ ޕީޕީއެމް ތެރޭގައި ބޮޑުވެފައި ވާއިރު، މިހާ ބޮޑު އަދަދެއް ދޭކަން އެނގޭނަމަ މަސްލަހަތު ރަނގަޅު ނުވާނެ ކަމަށާއި، މުއިއްޒަށް ލޯޔަލް މީހުން ވަކި ކުރަން ނޭނގޭ ކަމަށް ޕީއެންސީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް ދިޔަވަރު އަށް ފޮނުވި މެސެޖްގައި ހާމަ ކޮށްފައިވެއެވެ.