މަޖިލީހުގެ 13 މެމްބަރުން ގަތުމަށް މުއިއްޒު ޚަރަދު ކުރި، 52 މިލިއަން ރުފިޔާއިން 32 މިލިއަން ރުފިޔާ މުއިއްޒަށް ދީފައި ވަނީ ޗައިނާ އިން ކަމަށް ދިޔަވަރު ނޫހަށް މުއިއްޒުގެ ވަރަށް އަރިސް ފަރާތަކުން، ނަން ނުޖެހުމަށް އެދި މައުލޫމާތު ދީފިއެވެ. މަޖިލީސްގެ 13 މެމްބަރަކު މުއިއްޒު ގަނެލާފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ކަމަށް ހީކޮށެވެ.
މުއިއްޒު 52 މިލިއަން ޚަރަދު ކޮށްގެން މަޖިލިސް މެމްބަރުން ގަނެފައި ވާއިރު، އެމްޑީޕީއިން އެއްވެސް ވަރަކަށް އެކަމާއި، އޭރު މަޝްވަރާ ކޮށްފައެއް ނުވެއެވެ. މަޖިލިސް ބައެއް މެމްބަރުން އެވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކަމުން ދިޔަ ނަމަވެސް އެއީ އެއްވެސް ވަރަކަށް ކުރަން ނިންމާފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަން ހިނގާ ކަމެއް ކަމަށް މުއިއްޒަށް ޝައްކު ވެގެން މެމްބަރުންތައް މީހަކަށް 4 މިލިއަން ރުފިޔާގެ ރޭޓުން ގަނެލީއެވެ.
މިހާރު އެމްޑީޕީއިން ވަނީ މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް މި ދައުރުގައި ކުރާނެ ކަމުގެ މައުލޫމާތު ދީފައެވެ. މުއިއްޒު ގަނެފައިވާ މެމްބަރުން ހިމެނޭހެން މުއިއްޒު ވެރިކަމުން ބޭލުމަށް ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ތެރެއިން، ރައްޔިތުން މަޖިލީހުގެ އެތައް ބަޔަކު ވަނީ ތައްޔާރު ވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މުއިއްޒު ވަނީ ބައެއް މެމްބަރުންނަށް ދޭން ބުނި ޖުމްލަ އަދަދަށް ވާފައިސާ ހަލާސް ނުކޮށް ލަސް ކޮށްފައެވެ. މިކަމާއި ބައެއް މެމްބަރުން ވަނީ ކަންބޮޑުވެފައެވެ. އަދި މުއިއްޒާއި ދެކޮޅަށް ވޯޓު ލުމަށް ތިބީ ތައްޔާރު ވެގެންނެވެ. އަދި 4 މިލިއަނަށް ވުރެ ގިނައިންވެސް ބައެއް މެމްބަރުންނަށް ދީފަ ހުރި އިރު، އެކަމާއި ހިތްހަމަ ނުޖެހޭ މެމްބަރުންތަކެއްވެސް އެބަ އުޅޭކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.