ޚަބަރު

ވަޒީރުންނަށް ރުހުން ނުދިނުމާއި, މުއިއްޒު އަޒުލްކުރުމުގެ މައްސަލަ ކުރިޔަށް ދަނިކޮށް, ޕީޖީ ޝަމީމަށް ހަމަލާ ދީފި 

ދިޔަވަރު
ވަޒީރުންނަށް ރުހުން ނުދިނުމާއި, މުއިއްޒު އަޒުލްކުރުމުގެ މައްސަލަ ކުރިޔަށް ދަނިކޮށް, ޕީޖީ ޝަމީމަށް ހަމަލާ ދީފި 

ޕްރޮސެކިއުޓަރ ޖެނެރަލް، ހުސެއިން ޝަމީމަށް މަގުމަތިން ދިމާކޮށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައި މިވަނީ ވަޒީރުންނަށް ރުހުން ނުދިނުމާއި, މުއިއްޒު އަޒުލްކުރުމުގެ މައްސަލަ ކުރިޔަށް ދަނިކޮށެވެ.

ފުލުހުން ވިދާޅުވީ، ޝަމީމަށް ހަމަލާދީފައިވަނީ މާލޭގެ މަގުމަތިން ކަމަށާއި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

މާލޭ މަގުމަތިން ދިމާކޮށް ޝަމީމަށް ހަމަލާދީފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޝަމީމަށް ދިން ހަމަލާތަކާއި ގުޅިގެން އޭނާއަށް މިވަގުތު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހަމަލާގައި ޝަމީމަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ޝަމީމަށް މަގުމަތިން ދިމާކޮށް ހަމަލާދީފައި ވަނީ ކޮންބައެއްކަން މިހާތަނަށް އެނގިފައި ނުވާއިރު، މިއީ މަގުމަތިން ދިމާކޮށް ޝަމީމަށް ހަމަލާދިން ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.