ޗައިނާއިން ފަންޑު ކޮށްގެން އަޒާން އަޑީގައި ހުރެގެން، މެއިޑުގެ މަރު މައްސަލަ އިތުރަށް ދިރާސާކޮށް ބަލަމުން ދާކަމަށް ބަލައި، ޕީޖީއަށް ދީފައިވާ ހަމަލާ. އެއް ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.
ދިޔަރެސް ނޫހަކީ ޗައިނާ އިން ފަންޑު ކޮށްގެން އިންޑިޔާ އާއި ދެކޮޅަށް ހިންގާ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް ނޫހެކެވެ. އަދި އެ ނޫހުގެ އެއް މަސްއޫލު ވެރިޔާ އަޒާނަކީ، ޗައިނާ އާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. ޗައިނާ އިން ދަނީ މިސަރުކާރަށް ދިމާވާ ކޮންމެ ނުރައްކަލެއްގެ ދިފާޢިގައި މަސައްކަތް ކުރަމުންނެވެ. މި ގޮތުން މިހާރު ރައީސް އޮފީހުގައި، ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރެއް ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ފަރާތެއް ވަނީ ހަމަ ޖައްސާފައެވެ.
މުއިއްޒުގެ މެއިޑް ދަންޖެހުނު މައްސަލާގައި މައްސަލަ ނިމިފައި ވިއަސް، މިކަމާއި ގުޅިގެން ކެމްޕެއިން ތެރޭ ހާމަ ވެގެން ދިޔަ މައުލޫމާތު ތަކަށް ބަލައި މި މައްސަލަ ވަނީ ޕީޖީ އޮފީހުން ދިރާސާ ކުރަން ފަށާފައި ކަމަށް ބަޔަކު މީހުން ވަނީ މުއިއްޒަށް މައުލޫމާތު ދީފައެވެ. މިކަމަކީ މުއިއްޒު އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ކަމަށް ނުވާތީ، އަދި މިކަން ޕީޖީ އޮފީހުން ހުއްޓާލާފައި ނުވާކަމަށް މުއިއްޒަށް މައުލޫމާތު ދޭ ބަޔަކު ދީފައިވާތީ، މިކަމާއި ގުޅިގެން ޗައިނާގެ އެޑްވައިޒަރގެ ރޭވުމާއި އެއްގޮތަށް އަޒާންގެ ބައިވެރިވުން ހިމެނޭހެން ޕީޖީއަށް ހަމަލާ ދިން ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.
އަޒާނަކީ މަސްތުވާތަކެތި ވިއްކާ ބޮޑެތި ކުށްތަކަށް އަރައިގަންނަ ގޭންގް އަކަށް ނިސްބަތްވާ ގޭންގް ސްޓަރ އެކެވެ.
މި މައްސަލާގެ އަސްލު ކުށްވެރިން ދެނަގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މުއިއްޒު އަންގައިގެން މި މައްސަލަ ސިޔާސީ ކޮށް، ރައީސް ސޯލިހްގެ ޓްވީޓެއް ކޮށްގެން، އެކަމާއި ރައީސް ސޯލިހް އާއި ސުވާލު ކުރުމަށް މުއިއްޒު ވަނީ ސިފައިންނަށް އަމުރު ކޮށްފައެވެ.