ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނަރަލް ޝަމީމަށް އަމާޒުކޮށް މަގުމަތިން މިއަދު ބަޔަކު ދީފައިވާ ހަމަލާގެ ފޯކަސް ގެއްލުވާލުމުގެ މަގުސަދުގައި އެ ހަމަލާ ކުރީގެ ރައީސް ސާލިހުއާއި ގުޅުވުމުގެ މަސައްކަތް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ފަށައިފިއެވެ.
އެގޮތުން ހޯމްލޭންޑް ސެކިއުޓްރީ މިނިސްޓަރ އަލީ އިހުސާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, މި ހަމަލާގެ މައުލޫމާތު ރައީސް ސާލިހުގެ އަރިހުން ސާފުކުރުމަށް އޭނާ ފުލުހުންނަށް މިހާރު އަންގާފައިވާ ކަމުގައެވެ.
އެހެންނަމަވެސް މިހަމަލާ ރައީސް ސާލިހު މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ, ޕީޖީ ޝަމީމަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި, މިއީ ސިޔާސީ މަގުސަދެއްގައި ދީފައިވާ ހަމަލާއެއް ކަމުގައެވެ.
މިސަރުކާރަކީ ގޭންގުތަކާއި ގުޅުން އޮންނަ, އަދި ސަރުކާރުގެ އިސް މަގާމްތަކުގަވެސް ގޭންގު ލީޑަރުން މިހާރު ތިބުމާއެކު, ގަބޫލުކުރެވެނީ މިއީ ސަރުކާރުން ރާވައިގެން, ޕީޖީ ޝަމީމަށް ދިން ހަމަލާއެއް ކަމުގައެވެ. އަދި ރައީސް ސާލިހާއި މި ހަމަލާއާއި ގުޅުވައިގެން, ސަރުކާރުން މިހަމަލާދިން ފަރާތްތައް ސިއްރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިހާރުވަނީ ޔަގީން ކުރެވިފައެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ, މި ހަމަލާއަކީ, މިހާރު ކުރިޔަށް ދާ, ރައީސް އަޒުލް ކުރުމު މަސައްކަތް, ބިރުދައްކައިގެން ހުއްޓުވުމުގެ މަގުސަދުގައި ސީދާ ރައީސް މުއިއްޒުގެ އެންގުމަށް ދީފައިވާ ހަމަލާއެއް ކަމުގައެވެ.