ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ ޖާސޫސީ މަނަވަރު, ޝިއެން ޔެން ހޮން 3, ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ ބުޑުގައި ޖާސޫސީ ޑިވައިސްތައް ހަރުކޮށްފިއެވެ. އަދި ދަނީ މުޅި ސަރަހައްދު މެޕް ކުރަމުންނެވެ.
އެ އުޅަނދު ރާއްޖެ އަންނަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ އިއްޔެ އެވެ. ނަމަވެސް, ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ބުނާ ގޮތުގައި އެ އުޅަނދު މާލޭގައި ދެން ބަނދަރުކުރާނީ މި މަހުގެ އަށެއްގަ އެވެ.
ޗައިނާގެ ބޯޓު ވަނީ ދުނިޔޭގެ ޤާނޫނާއި ޚިލާފަށް، އޭއައިއެސް ނިއްވާލައި، ކުރަންމުންދާ ޖާސޫސީ މަސައްކަތް ފޮރުވުމަށްޓަކައި ވަގަށް ރާއްޖޭގެ ކަނޑުތަތައް މިވަގުތު އެ ދަނީ މެޕް ކުރަމުންނެވެ. މިކަމަށް ހުއްދަ ދީފައި ވަނީ، ސީދާ މުއިއްޒެވެ. ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ ރާއްޖޭގެ އީއީޒެޑު ބުޑުގަ އެވެ. މި ސަރަހަށްދަށް އެ އުޅަނދު އައީ އިއްޔެގެ ވަގުތެއްގަ އެވެ. އެ އުޅަނދު މިހާރު އޮތް ސަރަހައްދުން މާލެއަށް ސީދާ ދަތުރުކުރާނަމަ އެއް ދުވަހުގެ ތެރޭގައި މާލެ އާދެވޭނެ އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އަސަރު ކުރާގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސްކޭން ކޮށް، މެޕްކޮށް އެތާގައި ޖާސޫސީ ޑިވައިސް ހަރު ކުރުމަކީ، މިހާރު ހުރި ރައީސް އަކީ ޤައުމުގެ ޤައްދާރެެއް ކަން ސާފުވާ ކަމެކެވެ.