މަސްވެރިން އެބުނާ ސަރަހައްދުގައި އިންޑިޔާގެ މަނަވަރެއް ނުވަތަ ސިފައިންނެެއް ހަރަކާތްތެރި ނުވާކަމަށް އިންޑިޔާގެ ކަނޑުގެ ސިފައިން ހާމަ ކޮށްފިއެވެ.
އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމަށް ބުނެ ދޮގު ޚަބަރު ފަތުރާފައިވަނީ މަސްވެރިންގެ ޔޫނިއަން ކިޔާ ޓްވިޓަރ އެކައުންޓަކުންނެވެ. އޭގެ ފަހުން ރާއްޖޭގެ ބައެއް ނޫސްތަކުން އެވާހަކަ އެގޮތަށް ވަނީ ގެނެސް ދީފައެވެ. ބެލެވޭ ގޮތުގައި މިއީ، ރާއްޖޭގެ އީއީޒެޑް ގައި ޗައިނާގެ ބޯޓު އޮވެ ކުރަމުންދާ ޤާނޫނާއި ޚިލާފު ޚަރަކާތްތަކާއި ބެހޭ ގޮތުން ރައްޔިތުން ނުތަނަވަސް ވެފައި ވަނިކޮށް އެކަން އޮއްބާލުމަށް ސަރުކާރު އަޑީ އޮވެގެން ކޮށްފައިވާ ކަމެކެވެ.
އެމްއެންޑީއެފް އިން ބުނީ ބޭރުގެ ސިފައިންގެ ބަޔަކު ދިވެހި މަސް ދޯންޏަކަށް އެރި ކަމަށް ރިޕޯޓުކޮށްފައި ވަނީ ދިވެހި އީއީޒެޑްގެ ތެރެއިން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ބަޔަކު އެރީ އދ. މަހިބަދޫއަށް ނިސްބަތްވާ "އަސުރުމާ 3" ދޯންޏަށް ކަމަށް ވެއެވެ.