ޚަބަރު

އަސުރުމާ ދޯނި އޮތް ސަރަހައްދަށް ދަތުރު ފެށިކަމަށް ބުނި ކޯސްޓްގާޑުގެ އުޅަނދުގެ ޚަބަރެއް 6 ގަޑި ވީއިރުވެސް ނުވި! ރާއްޖޭގެ ކަނޑާއި އެސްއީޒެޑް ބެލެހެއްޓުމުގެ ގާބިލްކަމެއް އެމްއެންޑީއެފްގަ ނެތް!

ދިޔަވަރު
އަސުރުމާ ދޯނި އޮތް ސަރަހައްދަށް ދަތުރު ފެށިކަމަށް ބުނި ކޯސްޓްގާޑުގެ އުޅަނދުގެ ޚަބަރެއް 6 ގަޑި ވީއިރުވެސް ނުވި! ރާއްޖޭގެ ކަނޑާއި އެސްއީޒެޑް ބެލެހެއްޓުމުގެ ގާބިލްކަމެއް އެމްއެންޑީއެފްގަ ނެތް!

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން މިއަދު އެރި ކަމަށް ބުނެ ކުރި ރިޕޯޓަކާއި ގުޅިގެން, ދިވެހި މަސްދޯނި އޮތް ސަރަހައްދަށް ދިޔަކަމަށް ބުނާ އެމްއެންޑީއެފްގެ އުޅަނދު އެސަރަހައްދަށް މިސްރާބު ޖެހިތާ 6 ގަޑިއިރުވީއިރުވެސް އެ އުޅަނދުން ރާއްޖޭގެ މަސްދޯންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި އެއްވެސް މަސައްކަތެއްގެ މައުލޫމާތެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރިއެވެ.

ގިނަ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި, ރާއްޖޭގެ މަސްދޯންޏަށް ބޭރުގެ ސިފައިން އަރާފައިވަނީ ދޯނި ރާއްޖޭގެ އެސްއީޒެޑްގައި އޮއްވައެވެ. އެއާއެކު އުފެދިގެންދިޔަ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ރާއްޖޭގެ އެސްއީޒެޑްގެ ތެރެއަށް ބޭރުގެ ސިފައިން ވަންއިރު, އެމްއެންޑީއެފްއަށް ރޭކާވެސް ނުލީމައެވެ. ސާވެއިލެންސްގެ ގާބިލްކަން އެމްއެންޑީއެފްގައި ނެތީއެވެ.

އަދި އަމުދުން ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދުގައި ނަމަވެސް, ރާއްޖޭގެ މަސް ދޯންޏަކަށް ކުއްލި ހާދިސާއެއް ކުރިމަތިވެ, އެހީތެރިކަމަށް ބޭނުން ޖެހުމުން, ރާއްޖޭގެ މަސްދޯންޏަަށް އެހީތެރިކަން ފޯރުކޮށް ދެވޭވަރުގެ ކެޕޭސިޓީވެސް އެމްއެންޑީއެފްގައި ނެތްކަން ފާހަގަކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް އެމްޑީއެފްގެ ބެލުމުގެ ދަށުގައި އޮތް ޑޯނިއަރގެ ބޭނުންކުރިނަމަ, ކަނޑުމަތީގައި ކުރިމަތިވި ހާދިސާގެ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދެވުނީސްއެވެ.

ފާއިތުވިތަނުގައިވެސް, ކުރިމަތިވި ކުއްލި ހާލަތްތަކުގައި ދިވެހި ރައްޔިތުންގެ ފުރާނަ ނެތިގެންދިޔައިރުވެސް ރާއްޖޭގައި އޮތް ޑޯނިއަރގެ ބޭނުން ކުރަން މި ސަރުކާރުން ދެކޮޅުހަދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.