ޚަބަރު

އިންޑޮނޭޝިޔާއިން ބޭރު ކޮށްލި، ޗައިނާގެ ޖާސޫސީ ބޯޓު އަދިވެސް އޮތީ، ކަނޑު އަޑީގެ ޑްރޯން ބޭނުން ކޮށްގެން ރާއްޖޭގެ އީއީޒެޑް މެޕް ކުރުމުގައި!

ދިޔަވަރު
އިންޑޮނޭޝިޔާއިން ބޭރު ކޮށްލި، ޗައިނާގެ ޖާސޫސީ ބޯޓު އަދިވެސް އޮތީ، ކަނޑު އަޑީގެ ޑްރޯން ބޭނުން ކޮށްގެން ރާއްޖޭގެ އީއީޒެޑް މެޕް ކުރުމުގައި!

އިންޑޮނޭޝިއާގެ މެރިޓައިމް ސެކިއުރިޓީ އޭޖެންސީ (ބަކްލާމާ) އިން އިންޑޮނޭޝިޔާގެ ސަރަހައްދުން ބޭރު ކޮށްލި ”ޒިއަންގް ޔޮންގް 03“ ދަނީ، ރާއްޖޭގެ އީއީޒެޑް ކަނޑު އަޑީގެ ޑްރޯން ތައް ބޭނުން ކޮށް މެޕް ކުރުމުގައެވެ.

ޒިއަންގް ޔޮންގް 03 އިން އީއީޒެޑް ގެ ލައިން މަތިން ދުއްވަމުން ދަނީ އެ ސަރަހައްދު ސްކޭން ކޮށް، ހަނގުރާމައިގެ ހާލަތަކަށް ބޭނުން ކުރެވިދާނެ ފަދަ މައުލޫމާތު ހޯދުމަށެވެ. ”ޒިއަންގް ޔޮންގް 03“ ކަނޑައަޅާފައި އޮންނަނީ، ދިރާސާތައް ކުރާ އުޅަނދެއް ގޮތުގައި ކަމުން، ހަނގުރާމައިގެ ބޭނުމުގައި އެއްކުރާ މިފަދަ މައުލޫމާތު އެއްކުރުމުގައި، މިއީ ދިރާސާތަކަށް ބޭނުން ކުރާ މައުލޫމާތުކަމަށް ބުނެ އޮޅުވާލުމުގެ ފުރުޞަތު ލިބެއެވެ.

ރާއްޖޭގެ ސަރަހައްދަށް ވަންނަނީ އެއްވެސް މިފަދަ މަސައްކަތަކަށް ނޫން ކަމަށް ބުނެ، ޗައިނާ ސަރުކާރުން އޮޅުވާލައިގެން، ރާއްޖޭގެ އީއީޒެޑް ސްކޭން ކުރަމުން ދާ ދިއުމަކީ ސަރަހައްދީ ސަލާމަތަށް ހުރި ގޮން ޖެހުމެކެވެ. ދުނިޔޭގައި ހަނގުރާމަ ތައް ފެށިފައި ވަނީ، ސަރަހައްދީ ބާރުތަކުގެ އަސްކަނި ދޮށަށް، ވާދަވެރި އެހެން ބާރަކަށް ދައުވަތު ދީ ގެނެސް، ނާޖާއިޒް މަންފާތަކެއް ހޯދައިދިނުމަށް ހިންގާ މިފަދަ ނޭދެވޭ، ދަށު ދަރަޖައިގެ އަމަލު ތަކުންނެވެ.

ޗައިނާއިން ކޮންމެ ކަމެއް ކުރިއަސް އެކަން ހުއްޓުވުމުގެ ބާރެއް މިއަދު މުއިއްޒުގެ ކިބާގައި ނެތެވެ. ރާއްޖެ މިއަދު މިއޮތީ ޗައިނާގެ އަޅުވެތި ކަމުގައެވެ. އެހެން ނޫން ނަމަ، ރާއްޖޭގެ ސަރަހައްދުތައް މެޕް ކުރުން ހުއްޓާލުމަށް ޗައިނާގެ ކިބައިން އެދެވޭނެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް މިފަދަ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ކަނޑު އަޑި މެޕް ކުރާނަމަ، އެކަމާއި ގުޅިގެން ދެފަރާތުން އެއްބަސް ވުމަކަށް އައިސް، އެއީ ދިވެހި ރާއްޖެއަށް އެއިން ފައިދާ ކުރުވަނިވި ކަމަކަށް ވާނެ ޖެހެއެވެ. އެފަދަ އެނޫން ގޮތަކަށް ސިއްރުން ވަގަށް މި ކުރާ މަސައްކަތް ތަކަކީ، އޭގައި މާ ބޮޑެތި ނުރައްކާހުރި ކަންކަމެވެ.