ޚަބަރު

އެތައް ހާސް ބަޔަކު ވޯޓު ދިނީ، ޑޮލަރު މައްސަލަ ހައްލުވާނެ ކަމަށް ބުނުމުން! ކުޑަމިނުން ކިޔަވާ ކުދިންނަށް ލިމިޓު ބޮޑު ނުކުރެވުނު ތާގައި، ޑޮލަރުގެ ތާށިކަން ވީ އިތުރު!

ދިޔަވަރު
އެތައް ހާސް ބަޔަކު ވޯޓު ދިނީ، ޑޮލަރު މައްސަލަ ހައްލުވާނެ ކަމަށް ބުނުމުން! ކުޑަމިނުން ކިޔަވާ ކުދިންނަށް ލިމިޓު ބޮޑު ނުކުރެވުނު ތާގައި، ޑޮލަރުގެ ތާށިކަން ވީ އިތުރު!

ސަރުކާރުގެ ނިންމުމާ އެއްގޮތަށް ބޭރުގައި ކިޔަވާ ކުދިންގެ ބީއެމްއެލް އެކައުންޓުން ނެގޭ އަދަދު 1200 ޑޮލަރަށް ބޮޑުކުރަން ނިންމި ނިންމުން، ޑޮލަރު ތާށިކަމާ ހުރެ މާދަމައިން ފެށިގެން ތަންފީޒުނުކުރެވޭނެ ކަމަށް ފިނޭންސުން ހާމަކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޔާސަތު ތަންފީޒުކުރެވޭޏެ ނިޒާމެއް އެކުލަވާލަން ބޭންކާއި އެމްއެމްއޭ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަަމަވެސް މި ވަގުތު އެކަން ކުރެވެން ނެތް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"މި ސިޔާސަތު މި ވަގުތު ތަންފީޒުކުރުމުގެ ދަތިތަކެއް ހުރިކަން ފާހަގަވެ، ދިވެހިރާއްޖޭގައި މި ވަގުތު ޑޮލަރު ޑިމާންޑު އަދި ހުރި ހުރަސްތައް މިދަނީ ދެނެގަންނަމުންނެވެ" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމަށް ރައީސް ސޯލިހްގެ ސަރުކާރުގައި ދެމުން ދިޔަ، ޑޮލަރު ވެސް މުއިއްޒުގެ ވަރިކަމުގައި ޑޮލަރު އިތުރަށް ތާށިވުމުން، ދިނުން ހުއްޓާލާފައެވެ.

މުއިއްޒު ވަނީ ތުރުކީއަށް އަދި ޔޫއޭއީއަށް ވަޑައިގެންނެވި ދަތުރުގައި، ދަރިވަރުންނަށް ޑޮލަރު ލިމިޓް ބޮޑު ކޮށްދޭނެ ކަމަށް އިތުރު ވައުދެއްވެސް ވެފައެވެ.