ޗައިނާގެ ޖާސޫސީ ބޯޓުން، ރާއްޖޭގެ 6 ސަރަހައްދަކަށް ވަނީ ކަނޑު އަޑީގެ ޑްރޯންސް ތަކެއް، ކަނޑު އަޑި ސްކޭން ކުރުމަށް ފޮނުވާފައެވެ. މިއިން ޑްރޯން އެއްގައި މައްސަލަ ޖެހިއްޖެ ހާލަތެއްގައި، އެމަޖެންސީގައި އެންމެ ކައިރި ރަށެއްގެ ފަޅާއި ކައިރި ކޮށްލުމުން، ޑްރޯން ނެގުމަށް ތައްޔާރީ ހާލަތަކަށް 6 ސްޕީޑް ބޯޓު ގެނެސްފައިވާކަމަށް ދަނީ މައުލޫމާތު ލިބެމުންނެވެ. ޗައިނާއިން މިކަން ހަމަޖައްސައި ދިނުމަށް ފައިސާ ދީފައި ވަނީ ޓޮމް އަށާއި، ދިޔަރެސް ހިންގާ އަޒާނަށް ކަމަށް މައުލޫމާތު ލިބެއެވެ.
މިއިން ޑްރޯން އެއް މަސައްލަ ނުޖެހޭނަމަ، ތައްޔާރީ ހާލަތުގައި އޮތް ލޯންޗްތައް ބޭނުން ކުރަން ނުޖެހޭނެ ކަމަށާއި، ނަމަވެސް، އެ ލޯންޗްތަކަށް ދައްކަންޖެހޭ ފައިސާ ލިބޭނެ ކަމުގެ ޔަގީން ކަން ވަނީ ދީފައެވެ. އަދި މި ގޮތަށް ހަމަ ޖައްސާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް އާއި ގާތް ގުޅުމެއް އޮންނަ ޓޮމް އަށް އިތުބާރު ކުރެވޭ ލޯންޗްތައް ކަމަށް މައުލޫމާތު ލިބެއެވެ. އެ ލޯންޗް ތަކަށް ވަނީ ސެޓްލައިޓް ތްރާޔާ ފޯނު ދީފައި ކަމަށާއި، އަދި ކޯޑިނޭޑްސް ފޮނުވުމުން، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެންމެ ކައިރީގައި ހުރި ޕޮއިންޓަކުން ގޮސް އެމެޖެންސީގައި މި ޑްރޯންތައް ނެގުމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެފަދަ ހާލަތެއް މެދުވެރި ވުމަކީ ދުރު ކަމެއް ކަމަށާއި، މިގޮތަށް ތައްޔާރީގައި 5 ދުވަސް ތިބުމަށް މި ލޯންޗް ފަހަރުތަކަށް އަންގާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ޗައިނާގެ ޖާސޫސީ ބޯޓު އޮތީ މިވަގުތު ރާއްޖޭގެ އީއީޒެޑްގައި ކަނޑުގެ އަޑި މެޕް ކުރުމަށެވެ. މިއީ ރަސްމީ ހައިސިއްޔަތުން އެއްވެސް ހުއްދައެއް ލިބިގެން ކުރާ ކަމެއް ނޫނެވެ. ނަމަވެސް، ޗައިނާގެ ބާރު ރާއްޖޭގައި އިންތިހާއަށް ގަދަވެ، މިކަން ހުއްޓާލުމަށް ބުނެވޭނެ ގޮތެއް ރާއްޖޭގެ ސަރުކާރަކަށް ނެތެވެ. މާދުރުގައި ވާ ޤައުމެއްގެ މިލިޓަރީ ބޭނުމަށް މައުލޫމާތު އެއްކުރުމަށް ރާއްޖެ ގެނެސް، މުއިއްޒު މި ކުރާ މަސައްކަތަކީ ޤައުމަށް ޤައްދާރުވުން ކަމަށް ސޯޝަލް މީޑިޔާގައި ރައްޔިތުން ދަނީ ސިފަ ކުރަމުންނެވެ. ރާއްޖޭގެ މިނިވަންކަމާއި، ސަރަހައްދީ ރައްކާތެރިކަމަށް، ބައި ގަރުނު ތެރޭ ނުލިބޭހާ ގެއްލުން މުއިއްޒު ވެރިކަމަށް އައުމާއެކު ދަނީ ލިބެމުންނެވެ.
