ޚަބަރު

ބްރޭކިން: ޗައިނާގެ އިތުރު ޖާސޫސީ މަނަވަރެއް، ރާއްޖޭގެ ސަރަހައްދުގައި ދަނީ ހުއްދަ ނެތި ވަގަށް މެޕް ކުރަމުން! މިއީ ޗައިނާގެ އެންމެ ބޮޑު ޖާސޫސީ މަނަވަރު!

ދިޔަވަރު
ބްރޭކިން: ޗައިނާގެ އިތުރު ޖާސޫސީ މަނަވަރެއް، ރާއްޖޭގެ ސަރަހައްދުގައި ދަނީ ހުއްދަ ނެތި ވަގަށް މެޕް ކުރަމުން! މިއީ ޗައިނާގެ އެންމެ ބޮޑު ޖާސޫސީ މަނަވަރު!

ޗައިނާގެ އިތުރު ޖާސޫސީ މަނަވަރެއް، ރާއްޖޭގެ ސަރަހައްދުގައި ދަނީ ހުއްދަ ނެތި ވަގަށް މެޕް ކުރަމުން ދާކަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މި ބޯޓަށް ކިޔަނީ ލަން ހައި 101 އެވެ. މި ބޯޓަށް ކިޔާ އިނގިރޭސި ނަމަކީ ބްލޫ އޯޝަން 101 އެވެ. މިއީ މިހާރު ރާއްޖޭގެ ކަނޑުގައި އޮތް ކަމަށް އެނގިފައި އޮތް ޒިއަންގް ޔޮންގް 03 ވުރެ ބޮޑު ބޯޓެކެވެ. މިއީ 3000 ޓަނުގެ ބޮޑު ބޯޓެކެވެ. އަދި މި ބޯޓް ތަކުން ދަނީ ކަނޑު އަޑީގެ ހާއްސަ ޑިވައިސް ތަކެއް (Remotely Operated Vehicle) ނުވަތަ ކަނޑު އަޑީގެ ޑްރޯންސް ތައް ބޭނުން ކޮށް މުޅި ރާއްޖޭގެ ސަރަހައްދު އެއްކޮށް ހަނގުރާމައިގެ ބޭނުމަށް މެޕް ކުރަމުންނެވެ.

މުޅި ދިވެހިރާއްޖެ ނުރައްކަލުގެ ހާލަތެއްގައި އޮތް އިރު، ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިތުބާރު ހުރި މަސްދަރަކުން ހާމަ ކުރެއްވީ އެމްއެންޑީއެފް ގެ ޗީފް އުޅުއްވަނީ ރޯދައަށް ގޭތެރެ އަލުން ޑެކަރޭޓްކޮށް ފަރުނީޗަރު ލުމުގައި މާ ބުރަކޮށެވެ. އަދި ޗައިނާއިން ރާއްޖޭގެ ކަނޑުގައި ހިންގަމުންދާ އޮޕްރޭޝަން ތަކުގެ އެއްވެސް ތަފްސީލެއްވެސް އެމްއެންޑީއެފް އާއި ހިއްސާ ކޮށްފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ބޯޓުވެސް ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އޭއައިއެސް އޮފް ކޮށްލާފައެވެ. އޭއައިއެސް އަކީ އުޅަނދުފަހަރު ދުއްވާ ތަންތަން ޓްރެކްކޮށް ދެނެގަތުމަށް ބޭނުންކުރާ މެރިޓައިމް ނެވިގޭޝަން އެންޑް ކޮމިއުނިކޭޝަން ސިސްޓަމެކެވެ. އޭއައިއެސް އޮފް ކޮށްފައި ހުރުމުން، ޗައިނާގެ މި އުޅަނދުގެ މައުލޫމާތު ހޯދަން ޖެހުނީ ސެޓްލައިޓް މެދުވެރި ކޮށެވެ.

ޖައިނާގެ އޮތް އެންމެ ބޮޑު ޖާސޫސީ އެއް އުޅަނދުން ރާއްޖޭގެ ކަނޑުގެ އަޑީގެ މެޕް ކުރަހަމުންދާ ގޮތް

މުއިއްޒަށް ވެރިކަން ލިބުމާއި އެކު، ޗައިނާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ވަގަށް މެޕް ކުރުމަށް ފަށާފައިވާއިރު، 2017 ގައި ރައީސް ޔާމީން ސޮއެ ކުރި އެއްބަސް ވުމެއްގެ ދަށުން، އިންޑިޔާއާއި އެކު، ކަނޑުގެ ސާވޭތަކެއް ސަރުކާރުން އައީ ކުރަމުންނެވެ. މުއިއްޒު ވެރިކަމާއި ހަވާލުވެ، މި ސާވޭތައް ކުރުން ހުއްޓާލީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ބަޔަކު ސާވޭ ނުކުރެވޭނެ ކަމަށް ބުނެއެވެ. އަދި ރާއްޖޭގެ ސިފައިންނަށް އެކަމުގެ ޤާބިލު ކަން ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެ، ކަނޑައެޅިގެން އޮޅުވާލައިގެން ޗައިނާގެ ދެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަގަށް ވައްދައި މުޅިގެ ކަނޑުގެ ސަރަހައްދު ބޭނުން ގޮތަކަށް ބޭނުން އިރެއް ވަންދެން މެޕްކޮށް، ބޭނުން ކަހަލަ ސާވޭ ތަކެއް ހަދަން ދީފައި ވުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އޭގެ ނުރައްކާ ނިހާޔަތަށް އޮތް ކަމެކެވެ.