ޚަބަރު

އާންމުން ރުޅި ގަދަވެގެން ޓްވީޓް ކުރަން ފެށުމުން، ކޯސްޓްގާޑް އުތުރުގެ ބޯޑަރާއި ދިމާލަށް ފޮނުވައިފި

ދިޔަވަރު
އާންމުން ރުޅި ގަދަވެގެން ޓްވީޓް ކުރަން ފެށުމުން، ކޯސްޓްގާޑް އުތުރުގެ ބޯޑަރާއި ދިމާލަށް ފޮނުވައިފި

މުއިއްޒުގެ އެންގުމަށް ރާއްޖޭގެ އުތުރުގެ އީއީޒެޑްގައި ޗައިނާގެ ޖާސޫސީ އުޅަނދެއް ކަނޑުގެ ސަރަހައްދު މެޕް ކުރަމުން ދަނިކޮށް، އަދި އުތުރުން އިންޑިޔާއާއި ރާއްޖެއާއި ގުޅޭ ބޯޑަރުގައި، ކޯސްޓްގާޑަށް ވަކި ބަޔަކު ކަން ނޭނގޭ ބަޔަކު ރާއްޖޭގެ 3 މަސް ދޯންޏަކަށް އެރި މައްސަލާގައި، ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ނުބެލޭ ކަމަށް ބުނެ އާންމު ރައްޔިތުން ރުޅި ގަދަވެ، ސަރުކާރާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި އިހްތިޖާޖް ކުރަން ފެށެމުން، ކޯސްޓްގާޑް އުތުރުގެ ބޯޑަރާއި ދިމާލަށް ފޮނުވައިފިއެވެ.

އުތުރުގެ ބޯޑަށް ކޯސްޓްގާޑު ފޮނުވީ ހަތިޔާރާއި އެކުގައި ކަމުގައި ބެލެވެއެވެ. ނަމަވެސް، އެކަމެއް އެމްއެންޑީއެފް އިން ޔަގީން ކޮށްފައެއް ނުވެއެވެ. އެމް އެން ޑީއެފް އިން ކުރި ޓްވީޓް ގައި ވަނީ، "ދިވެހިރާއްގެ އުތުރުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދުގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ އެ ސަރަހައްދު ޕެޓްރޯލް ކޮށް ބަލަހައްޓަމުން" ކަމަށެވެ.

https://twitter.com/mndf_official/status/1753342174178230284
އެމްއެންޑީއެފް އިން ކޮށްފައިވާ ޓްވީޓް

އަވަށްޓެރި ޤައުމުތަކާއި އެއްބައިވަންތަ ކަމުގެ ގުޅުން ބޭއްވުމުގެ ބަދަލުގައި، ދެ ޤައުމުގެ ގުޅުން މިވަރަށް ހީނަރު ކޮށްފައިވަނީ މުއިއްޒުގެ ސަރުކާރުންނެވެ. މީގެ ކުރިން ދެ ޤައުމު ގުޅިގެން، ބޯޑަރު ތައް ބަލަހައްޓަމުން ދިޔަ ނަމަވެސް، އެއް ޤައުމު އަނެއް ޤައުމަށް ފާރަވެރިވާ ހިސާބަށް ދިޔުމަކީ ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އެފަދަ ހިތާމަވެރި ހާލަތަކަށް މި ޤައުމު ވައްޓާލީ، މުއިއްޒުގެ ސަރުކާރުންނެވެ. ދުނިޔޭގައި ބާރުގަދަ ޤައުމަކަށް ވެގެން ދަނީ، ދޭދޭ ޤައުމުތަކުގެ ދެމެދުގައި އޮންނަ އެއްބާރުލުމުގެ ތެރެއިން އުފެދޭ އިއްތިހާދު ތަކުންނެވެ. ވަކިވެ ދުރުގައި ހުރި ޤައުމުތަކުގެ އުނގަށް ވެއްޓި ޤައުމީ މަސްލަހަތު އަމިއްލަ ސިޔާސީ މަންފާއަށް ނަގާލުމަކީ، މުޅި ޤައުމު ދުވަހަކުވެސް ސަލާމަތް ނުވެވޭ ވަރުގެ އަނދަވަޅަކަށް ވެއްޓިދާނެ ކަމެކެވެ. އެކަމުގެ މިސާލު މިއަދު ޔޫކްރެއިން އިން ދަނީ ފެންނަމުންނެވެ.

މިގޮތަށް ފާރަވެރި ކަމުގައި ތިބޭ އިރު، ހަމަ ނުޖެހުމެއް އުފެދިއްޖެ ހިނދެއްގައި، ރާއްޖޭގައި، ޤައުމު ދިފާޢު ކުރަން ބޭނުންވާ ވަރަށް ހަތިޔާރާއި، އުޅަނދު ފަހަރުވެސް ނެތެވެ. އަދި އެކަމުގެ ސަބަބުން އަވަށްޓެރި ޤައުމަކާއި ތާ އަބަދަށް ދުޝްމަންވެ ތިބުމަކީ އިޤްތިޞާދީ، އަދި ޚާރިޖީ ދުނިޔޭގައި ރާއްޖެ ބާކީވެ، އިންޑިޔާ ކަނޑުގެ ޔޫކްރެއިންނަށް ރާއްޖެ ވެދާނެ ފަދަ ހިތާމަވެރި ކަމެކެވެ. ރާއްޖޭގެ ވެރިކަމުގައި ހުރި މުއިއްޒަކީ ވިސްނުން ކޮށި، ޑިޕްލޮމަސީ ނުދަންނަ، މީހެކެވެ. މީނާގެ ވެރިކަމުގައި ރާއްޖެ ހަނގުރާމައެއްގެ ތުންފަތް މައްޗަށް މިގެންދަނީ ދިވެހި ރައްޔިތުން މީނާއާއި މެދު ކޮން ކަމެއް ކޮށްގެން ތޯއެވެ؟