ޚަބަރު

ވަޒީފާ އަދާ ނުކޮށް، އެޗްޑީސީގެ ސީއޯއޯ އަހްމަދު އިބްރާހިމް (ޕޮކަންޑި) ރައްޔިތުންގެ ފައިސާއިން، ކޯލްޑްޕްލޭގެ މިއުޒިކް ޝޯއެއް ބަލަން ތައިލެންޑަށް

ދިޔަވަރު
ވަޒީފާ އަދާ ނުކޮށް، އެޗްޑީސީގެ ސީއޯއޯ އަހްމަދު އިބްރާހިމް (ޕޮކަންޑި) ރައްޔިތުންގެ ފައިސާއިން، ކޯލްޑްޕްލޭގެ މިއުޒިކް ޝޯއެއް ބަލަން ތައިލެންޑަށް

އެޗްޑީސީގެ ސީއޯއޯގެ މަގާމަށް ހަމަޖެއްސި، މާލޭގެ އަނިޔާވެރި ގޭންގަކަށް ނިސްބަތްވާ އަދި ދިޔަރެސް ނޫސް ހިންގުމުގައި ހަރަކާތްތެރިވި، އަހްމަދު އިބްރާހިމް (ޕޮކަންޑި) އެޗްޑީސީގެ ހަރަދުގައި، ތައިލެންޑުގެ ބެންކޮކަށް ގޮސްފިއެވެ. އެޗްޑީސީގެ މަޤާމަށް ހަމަ ޖެއްސުމުން، ކުރީ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ބަލާނެ ކަމަށް ބުނުމަށް ފަހު، އެއްވެސް އެފަދަ މައްސަލައެއް ނުބަލައި އުޅުއްވަނީ ލިބުނު މަގާމުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައެވެ.

ކޯލްޑްޕްލޭގެ މިއުޒިކް ޝޯއެއް ބަލަން ތައިލެންޑަށް ގޮސްފައި ވާއި، އެޗްޑީސީއިން ދަނީ ޕޮކަންޑިގެ އެހީތެރި ކަމާއި އެކު، ހިނގަމުންދާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތި ވަމުންނެވެ. އަދި ކުރީ ސަރުކާރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް މީނާ ބަލާފައެއް ނުވެއެވެ.

މީނާގެ އެހީތެރި ކަމާއި އެކު، ކުރިން ހަދާފައިވާ ފްރޭމް ވޯކް އެގްރިމެންޓްތައް ކެންސަލް ކޮށްފައި ވާއިރު، އިސްލާމިކް މިނިސްޓަރ ޝަހީމް އަށް ވަނީ، ބޮޑު ބިމެއް ދީފައެވެ. ޕޮކަންޑި އަކީ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ހަރުކަށި ވިސްނުން ގެންގުޅޭ ގެންގްސްޓަރއެކެވެ.

އޭނާ ހުޅުމާލޭ ކޯޓުން ވަކި ކޮށްފައި ވަނީ، ނޮވެމްބަރު 27، 2017 ގައި ދައުލަތުން ހުށަހެޅި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ފޯމު ސިސްޓަމަށް އެންޓަކޮށްފައިވަނިކޮށް ކޯޓުން މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކޯޓުގެ ލިޔެކިޔުންތަކުގެ މައުލޫމާތު ހަގީގަތާ ހިލާފަށް ބަދަލުކޮށް، މައްސަލަ ގެއްލުވާލުމުން ނެވެ.

މިކަމާއި ގުޅިގެން އެ ކޯޓުން އެދިގެން ޑީޖޭއޭއިން އެ މައްސަލަ ބަލަން ފެށި އެވެ. ނަމަވެސް އުފެއްދި ތަހުގީގު ޓީމުގައި ހިމެނޭ މީހުންނަށް މީނާގެ ގޭންގް ބޭނުން ކޮށްގެން ބިރު ދައްކަންފެށުމުގެ، މައްސަލަ ބަލަން ތިބި ފަރާތުގެ ނަފްސަށް ނުރައްކާ އޮތްކަމަށް ގަބޫލުކުރެވުމުން އެ މައްސަލަ ބެލުމަށް ޕޮލިހަށް ވެސް ހުށަހެޅި އެވެ.

އޭގެ ފަހުން، ކޯޓުގެ މުހިއްމު ލިޔެކިޔުންތަކެއް ހިމެނޭ ހާޑު ޑިސްކެއް، އޭގައި ހުރި މުހިއްމު މައުލޫމާތު ފަސޭހައިން އަނބުރާ ނުލިބޭ ވަރަށް ގަސްތުގައި ހަލާކުކޮށްލިއެވެ. މީނާ ވަޒީފާއިން ވަކި ކޮށްފައި ވަނީ، މި މައްސަލަ ތަހުގީގުކުރަމަށްފަހު އެވެ.