ޚަބަރު

އެއްލައްކަ އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މިއަދާއި ހަމައަށް ވަނީ މަރާލާފައި ނުވަތަ ޒަހަމް ކޮށްލާފައި! ކިތައް ލައްކަ މީހުން މަރާލުމުންތޯ، މުއިއްޒު އިޒްރޭލް ޕާސްޕޯޓް ބޭން ކުރާނީ؟

ދިޔަވަރު
އެއްލައްކަ އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މިއަދާއި ހަމައަށް ވަނީ މަރާލާފައި ނުވަތަ ޒަހަމް ކޮށްލާފައި! ކިތައް ލައްކަ މީހުން މަރާލުމުންތޯ، މުއިއްޒު އިޒްރޭލް ޕާސްޕޯޓް ބޭން ކުރާނީ؟

ޔޫއެން އިން މިއަދު ހާމަ ކުރި ގޮތުގައި، އެއްލައްކަ އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މިއަދާއި ހަމައަށް ވަނީ މަރާލާފައި ނުވަތަ ޒަހަމް ކޮށްލާފައެވެ. ރައްޔިތުން މަޖިލީހުން އިޒްރޭލުގެ ޕާސްޕޯޓް ބްލޮކް ކޮށް ދިނުމަށް އެދި، މުއިއްޒަށް ހުށައަޅާފައި ވާތާ 78 ދުވަސް ވީއިރުވެސް އެއްވެސް ގޮތަކަށް އެކަމާއި އަޅާލާފައެއް ނުވެއެވެ.

އިޒްރޭލުގެ ގަތުލުއާންމު ވަރުގަދަ ކުރުމާއެކު ދިވެހިން އެންމެ ބޮޑަށް ކުރަމުންދާ ޑިމާންޑަކީ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމެވެ. ރައްޔިތުންގެ މަޖިލީހަށް މި މައްސަލާގައި ގަރާރެއް، ކުއްލި މައްސަލައެއް، އަދި ބިލެއް ވެސް ހުށަހެޅުނެވެ.

އެ ޕްރެޝަރުތަކާއެކު މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ވަނީ ނޮވެމްބަރު 16، 2023 ގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ.

އެއާއެކު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ”ސީރިއަސް ކަމެއްގެ ގޮތުގައި“ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި، ނަމަވެސް ސަރުކާރުން ވަނީ އެކަމާއި މެދު އެއްވެސް މަސައްކަތެއް ނުކުރުމަށް ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރާ ކުރިމަތިވާ ސުވާލުތަކަށް މިހާތަނަށް ސާފު ޖަވާބެއް ދީފައި ނުވަނީ އެމެރިކާއިން އިންޒާރުދިން ވާހަކަ ބުނަން ސަރުކާރުން ޖެހިލުން ވާތީއެވެ. ވަކި ގައުމެއްގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަކީ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރެކެވެ. ނަމަވެސް ރައްޔިތުންނަށް އެކަން އޮޅުވާލުމަށް ރައީސް އޮފީހުން ދިން ޕްރެސް އެއްގައި އެއީ ރައީސް އަށް ކުރެވެން އޮންނަ ކަމެއް ނޫންކަމަށް ވަނީ ބުނެ ދޮގު ހަދާފައެވެ.

މި ސަރުކާރު އައީ، އިސްލާމް ދީނުގެ ޝިއާރު ފާޅުކަން ބޮޑުކޮށް އުފުލާނެ ބައެއް ގޮތުގައި ރައްޔިތުންނަށް ދައްކައިގެން އޮޅުވާލައިގެންނެނެވެ. މިދިޔަ މަހު އިޒްރޭލުން ރާއްޖެ އައީ އެންމެ 34 ފަތުރުވެރިންނެވެ. މިހާ މަދު ބަޔަކު އަންނަ ޤައުމެއްގެ ރައްޔިތުން ރާއްޖެ ނުވެއްދުމަށް ފިޔަވަޅު އަޅަން ނުކެރި އެމެރިކާ އާއި އިޒްރޭލުގެ އަޅަކަށް ވެގެން މުއިއްޒު ހުރެދާނެ ކަމަކަކަށް ހަމަ އެކަކުވެސް ހީނުކުރައެވެ.