އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު ނިއުދިއްލީގައި ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެ ގައުމުން މަޝްވަރާކުރެއްވި ކަމަށް އިންޑިޔާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ވެއެވެ. އަދި މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢު ތައް އަވަސް ކުރުމާއި މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކްގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުތައް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެޤައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ވެސް ދެފަރާތުން ވަނީ އެއްބަސްވެފައި ކަމުގައި އެ ލިޔުމުގައި ވެއެވެ.
އަދި ހައިލެވެލް ކޯރ ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން މާލޭގައި ބޭއްވުމަށް އެއްބަސްވެފައިވަނީ ދެފަރާތަށް ފަސޭހަ ތާރީޚެއްގައެވެ.