ފިޝަރީޒް މިނިސްޓަރު އަހުމަދު ސަރުކާރުން މިފްކޯއަށް ކިރާފައިވާ މަހަށް މަސްވެރިންނަށް ދޭން ޖެހި ނުދީ އޮތް ފައިސާގެ އަދަދު 300 މިލިއަން ރުފިޔާއަށް އަރާކަން ލިބިފައިވާ އެ ކުންފުނީގެ މާލީ ހިސާބުތަކުން ހާމަވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް އިއްޔެ ވިދާޅުވީ އިއްޔެއާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 190 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް އިތުބާރު ހުރި މަސްދަރަކުން މި ނޫހާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަސްލު އަދަދު އެއަށް ވުރެ 106 މިލިއަން ރުފިޔާ އިތުރެވެ.
ނޮވެމްބަރު 16، ގެ ނިޔަލަށް (ކުރީ ސަރުކާރުގެ ދައުރު ހަމަވުމާ ހަމައަށް) މަސްވެރިންނަށް ދަރާފައިވާ އަދަދަކީ 195 މިލިއަން ރުފިޔާ އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ މީގެ ބައެއް ބިލުތަކަށް ފައިސާ ދައްކައި ހަލާސްކޮށްފައިވެ އެވެ.
ނަމަވެސް، ބެކްލޮގުގައި ހުރި ބިލުތަކަށް ފައިސާ ދައްކަމުން ދިޔުމާ ގުޅިގެން ކިރަމުން އަންނަ މަހަށް ބަރާބަރަށް ފައިސާ ދެވޭނެ ގޮތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމު ވިދާޅުވެފައިވާ ވާހަކަތަކުން ދޭހަވެ އެވެ. މިކަން ހައްލުކުރަން ބަލާއިރު، 300 ވަޒީރުންނަށް މުސާރަ ދިނުމަށްފަހު، މަސްވެރިންނަށް ދޭނެ ފައިސާއެއް ނެތެވެ.