ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) އައްޔަންކޮށްފި އެވެ. މިއީ 301 ވަނަ މިނިސްޓަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ޖަވާ އައްޔަންކޮށް، ލިޔުން ހަވާލު ކުރީ މިދިޔަ ބުދަ ދުވަހެވެ. ނަމަވެސް މިހާތަނަށް އޭނާ މަގާމަށް އައްޔަނު ކުރިކަން ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްޑޭޓް ކޮށްފައެއް ނުވެ އެވެ.
ޖަވާ އާއެކު މިހާރު ޔޫތު މިނިސްޓްރީގައި 10 ޑެޕިއުޓީ މިނިސްޓަރު ތިއްބަވަ އެވެ. އަދި އެ މިނިސްޓްރީގައި ދެ ސްޓޭޓްން ތިބެއެވެ.