ޚަބަރު

ޕްރައިމަރީން ބަލިވެ، ރޮޒޭނާއަށް އެމްޑީޕީ ޓިކެޓު ގެއްލިއްޖެ! އަހްމަދު ޝަރީފަށް މަރުހަބާ!

ދިޔަވަރު
ޕްރައިމަރީން ބަލިވެ، ރޮޒޭނާއަށް އެމްޑީޕީ ޓިކެޓު ގެއްލިއްޖެ! އަހްމަދު ޝަރީފަށް މަރުހަބާ!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ، މެމްބަރުކަން މިހާރު ވެސް ކުރައްވާ ރޮޒައިނާ އާދަމްއަށް އެ ޕާޓީގެ ޓިކެޓު ގެއްލިއްޖެ އެވެ.

ރޮޒައިނާ ހުންނެވީ މަޖިލީހުގެ މި ދައުރުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ. މީގެ ކުރީ ދައުރުގައި ވެސް އެ ދާއިރާގެ މެމްބަރުކަމުގެ އިތުރުން އޭގެ ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ. ރޮޒައިނާ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާއަށެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އަހްމަދު ޝަރީފް އެވެ.