ޚަބަރު

ޕްރައިމަރީ ކާމިޔާބުކުރި ހުރިހާ ކެނޑިޑޭޓުން އެކީގައި މަސައްކަތް ކުރުން މުހިންމު: ރައީސް ސާލިހު

ދިޔަވަރު
ޕްރައިމަރީ ކާމިޔާބުކުރި ހުރިހާ ކެނޑިޑޭޓުން އެކީގައި މަސައްކަތް ކުރުން މުހިންމު: ރައީސް ސާލިހު

މި އަހަރުގެ މަޖިލިސް އިންތިޙާބުގައި ގެ ފަރާތުން ވާދަ ކުރައްވާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ބޭއްވި އެޕާޓީގެ ޕްރައިމަރީން ދާއިރާތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ސާލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސާލިހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިޙާބު އެމް.ޑީ.ޕީން ކާމިޔާބު ކުރުމަށް ޕްރައިމަރީގައި ވާދަކުރެެއްވި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައެވެ.

އަދި މިއަދު ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ބޭފުޅުންނާއި ވޯޓުލައްވަން ވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.