މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން (މުއިއްޒު ހުވާ ކުރެއްވީ ނޮވެމްބަރ 17، 2023 ގައި) މި އަހަރުގެ މިހާތަނަށް (1 ފެބްރުއަރީ 2024) އާއި ހަމައަށް އެކަނި ވެސް ސްކޭމްތަކުގައި 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނާފިޒު ވިދާޅުވީ ސްކޭމްގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ރޭވިގެން ސިއްރިއްޔާތުގައި ކަމަށާއި، މިމައްސަލަތަކުގައި އެންމެ ފުނާހަމައަށް ދިއުމަކީ ވަރަށް އުދަނގޫ ބޮޑު މަސައްކަތެއް ކަމަށެވެ.
2021 އިން ފެށިގެން މިހާތަނަށް 57 މިލިއަންގެ ސްކޭމް ހިންގާފައި ވާ އިރު، މުއިއްޒު ވެރިކަމަށް އައިސް ލިބުނު މިނިވަން ކަމުގައި އޭގެ ތެރެއިން 27 މިލިއަން ހިންގާފައި ވަނީ މި ފާއިތުވި މުއިއްޒުގެ 2 މަސްދުވަހުގެ ވެރިކަމުގައެވެ. އެހެން ކަމުން 2021 އިން ފެށިގެން ފާއިތުވި 35 މަސް ދުވަސް ތެރޭގައި 30 މިލިއަން ރުފިޔާގެ ސްކޭމް ހިންގާފައި ވާއިރު، މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 2 މަހު ގާތް ގަނޑަކަށް 35 މަސް ދުވަހު ހިންގި ވަރަށް ސްކޭމް ހިންގާފައި ވުމަކީ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލަ އެކެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ގޭންގެ ލީޑަރެއް ލާފައި ވާއިރު، ސަރުކާރުގެ އެކި ފަންތީގައި ގޭންގް ލީޑަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މުއިއްޒު ސަރުކާރުގެ ނައިބް ރައީސް އަށް ސެމްބެ އައްޔަން ކޮށްފައިވަނީ އޭނާއާއި ގޭންގް ތަކާއި އެކީ އޮންނަ ގުޅުމުން، ވީހާވެސް ބޮޑު މަންފާއެއް ހޯދުމަށް މުއިއްޒު ބޭނުންވެގެންނެވެ.
މުއިއްޒު ވެރިކަމަށް އައުމަށްފަހު، މާރާމާރީ އިތުރުވެ، މަގުމަތީގައި ބޮޑެތި އެކްސިޑެންޓް ހިނގުން ވަނީ އިތުރުވެފައެވެ. އަދި ދިވެހިންގެރާއްޖެއަކީ ތިމަންނަމެންގެ އާ ސުވަރުގެ ކަމަށް ކުށްވެރިން ދަނީ ބުނަމުންނެވެ.