ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްއްވުން އެދި ކޮންމެ ނަމާދުގައި ކިޔަމުން އައި ގުނޫތު ކިޔަން މިއަދު ފެށިގެން ހުއްޓާލަން އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން އަންގައިފި އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްއްވުން އެދި ދުއާ ކުރުން ހުއްޓާލީ އެމެރިކާގެ ނުފޫޒުން ކަމަށް ފޮރިން މިނިސްޓްރީ އިން ހޯދި މައުލޫމާތުން ދިޔަވަރު ނޫހަށް ަނީ ކަށަވަރު ވެފައެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް މަޖިލީހުން މުއިއްޒަށް ދެންނެވިތާ 75 ދުވަސް ވެފައި ވާއިރު، މުއިއްޒު ވަނީ އެކަމަށް ވެސް އިންކާރު ކޮށްފައެވެ.
ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔާހޫދީންގެ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ކިޔަން ފެށީ، ރައީސް ސޯލިހްގެ ވެރިކަމުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަދުވަހުއެވެ. ފުރަތަމަ ގުނޫތު ކިޔަން ފެށީ އަޑުހަރުކޮށް ކިޔަވާ ނަމާދުގައެވެ. އެހެންނަމަވެސް ފަހުން އޮކްޓޫބަރ 18 ވަނަދުވަހު އޭރުގެ އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން ނިންމާ އެކަން ފަށާފައެވެ.

ހުރިހާ ނަމާދެއްގައި ދުޢާ ކިޔަމުން ދަނިކޮށް މުއިއްޒު އަންގައިގެން މިސަރުކާރުން ވަނީ ހަމަ އެކަނި އަޑުހަރުކޮށް ކިޔަވާ (ޖަހުރިއްޔާ) ނަމާދުތަކުގައި އެކަނި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ޑިސެމްބަރު 7 ވަނަދުވަހު ހަމަޖައްސާފައެވެ. ނަމަވެސް އެއީ އެންމެ ގިނައިން މުސްލިމުން މަރަމުން ދިޔަ އެެއް ދުވަސް ވަރެވެ،
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މިއަދުގެ މަޢްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ހުއްޓާލަން ރާއްޖޭގެ ހުރިހާ މިސްކިތެއްގެ މުދިމުންނަށް އަންގާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާތަނަށްވަނީ 27,000 މައްޗަށްް އަރާފައެވެ. އޭގެތެރޭގައި 16,000 އަށްވުރެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 66,000 އަރައެވެ.
މި ހަލަމަލާތަކުގައި އާއިލާ ގެއްލިފައިވާ ކުދިންގެ އަދަދުވެސް ވަނީ 17000 އިން މައްޗަށް އަރާފައެވެ.