ޚަބަރު

އިންޑިޔާއިން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެ، ލަންކާ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ރާއްޖެ އަށްވުރެ އިތުރުވެ، ދިވެހިރާއްޖޭގެ އިޤްތިޞާދު ދަށަށް ދަނީ މުއިއްޒުގެ ސަބަބުން

ދިޔަވަރު
އިންޑިޔާއިން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެ، ލަންކާ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ރާއްޖެ އަށްވުރެ އިތުރުވެ، ދިވެހިރާއްޖޭގެ އިޤްތިޞާދު ދަށަށް ދަނީ މުއިއްޒުގެ ސަބަބުން

އިންޑިއާ ޓޫރިސްޓުންގެ ހިއްސާއާއެކު، ރާއްޖެ އަށްވުރެ ސްރީލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު ބޮޑުތަނުން އިތުރުވެއްޖެ އެވެ.

މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވެސް، ލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ރާއްޖެ އަށްވުރެ މަދެވެ. ނަމަވެސް މިދިޔަ މަހު، 208،253 ޓޫރިސްޓުން ލަންކާ އަށް ޒިޔާރަތް ކޮށްފައިވާއިރު، އެ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 192،385 ޓޫރިސްޓުންނެވެ.

ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ލަންކާ އަށް ޒިޔާރަތްކުރި 102،545 ޓޫރިސްޓުންގެ އަދަދަށްވުރެ، މިދިޔަ މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 100 ޕަސެންޓް އިތުރުވުމުގެ ފަހަތުގައިވާ އެއް ސަބަބަކީ އިންޑިއާ އިން އެ ގައުމަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު، ވަރަށް ބޮޑުތަން އިތުރުވުމެވެ.

އިންޑިއާ އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ލަންކާ އަށް 13،759 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ މަހު 34،399 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އިންޑިއާ އިން ރާއްޖެ އަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު 17،029 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، މިދިޔަ މަހު ޒިޔާރަތްކުރީ 15،006 ޓޫރިސްޓުންނެވެ. ޖެނުއަރީ މަހު ލަންކާ އެންމެ ގިނައިން ޓޫރިސްޓުން އިޔާރަތްކޮށްފައި ވަނީ އިންޑިއާ އިންނެވެ.

މިދިޔަ މަހު ލަންކާ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ފަސް ގައުމު
އިންޑިއާ 34،399
ރަޝިޔާ 31،159
އިނގިރޭސިވިލާތް 16،665
ޖަރުމަނު 13،593
ޗައިނާ 11،511


މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ފަސް ގައުމު
ރަޝިޔާ 20،113
ޗައިނާ 19،895
އިޓަލީ 19،542
އިނގިރޭސިވިލާތް 16،013
އިންޑިއާ 15،006

މިދިޔަ އަހަރު ލަންކާ އަށް ޖުމްލަ 1،487،303 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު، ރާއްޖެ އަށް 1،878،543 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. ކޮވިޑް-19 ގެ ކުރިން 2019 ވަނަ އަހަރު ލަންކާ އަށް 1،913،702 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެ އަށް އެ އަހަރު އައީ 1،702،887 ޓޫރިސްޓުންނެވެ.

ކޮވިޑާ ގުޅިގެން ލަންކާގެ ބޯޑަރު، 2020 ވަނަ އަހަރު އަށް މަސް ދުވަހަށް ބަންދުކުރުމަށްފަހު ހުޅުވާލީ، އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. ލަންކާ އަށް 2020 ވަނަ އަހަރު 507،704 ޓޫރިސްޓުން ޒިޔާރަތްކުރިއިރު، 2021 ވަނަ އަހަރު ޒިޔާރަތްކުރީ 194،495 ޓޫރިސްޓުންނެވެ. އެއީ އެންމެ މަދުން ލަންކާ އަށް ޓޫރިސްޓުން ޒިޔާރަތްކުރި އަހަރެވެ. ރާއްޖެ އަށް 2020 ވަނަ އަހަރު 555،494 ޒިޔާރަތްކުރިއިރު، 2021 ވަނަ އަހަރު، 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު، ލަންކާ އަށް 719،978 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، ރާއްޖެ އަށް 1.67 ޓޫރިސްޓުން އެ އަހަރު ޒިޔާރަތްކުރި އެވެ.

ކޮވިޑް-19 ގެ ފަހުން ލަންކާގެ ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިގްތިސާދީ ވަރަށް ގިނަ ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހުނެވެ.