އިމާމުން ތާޒާކޮށް، ޓްރެއިން ކުރަން ސައުދީ އަށް ގެންދަން ވެގެން، ޝަހީމް ދަނީ، ކޮންމެ އިމާމެއްގެ އަތުން 1000 ޑޮލަރު ނަގަމުން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މިކަމާއި އިމާމުން ތިއްބެވީ ހިތްހަމަ ނުޖެހި، ކަންބޮޑު ވެފައި ކަމަށާއި، މި ފަދަ ދަތުރު ތަކަކީ ސައުދީއާއި އެހާ ގާތް ބަޔަކު ހިލޭ ކޮށްދޭން ޖެހޭ ދަތުރުތަކެއް ކަމަށް ބުނެ އިމާމުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ.
1000 ޑޮލަރު ހޯދާފައި އިސްލާމިކް މިނިސްޓަރ ޝަހީމަށް ދިނުމަކީ ވަރަށް ދަތި ކަމެއް ކަމަށާއި، އެއީ އެއް މަހުގެ މުސާރަ އަށް ގާތްގަނޑަކަށް ލިބޭވަރު ކަމަށް އިމާމުން ހާމަ ކުރެއެވެ. ގޭގެ ކުލި ނުދައްކައި، އަނބި ދަރިން ބަނޑަށް ބަހައްޓައިގެން ޓްރެއިނިންނަކަށް ސަރުކާރުން މަޖުބޫރު ކޮށްގެން، ޝަހީމުގެ ކުޅަދާނަ ކަން ދައްކަން ހިންގާ ޕީއާރު ސްޓަންޓެއްގައި އަނިޔާ ލިބޭ ބަޔަކަށް އިމާމުން ވުމަކީ އެމީހުން އޭދޭ ގޮތެއް ނޫން ކަމަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ.
އިމާމުން ބޭރަށް ތަމްރީން ކުރުމަށް ފޮނުވާނެ ކަމަށް ޝަހީމް ބުނިތާ ހަފްތާއެއް ފަހުން، އިމާމުން އަމިއްލަ ޖީބުން ހަރަދުކޮށްގެން ދަތުރު ކުރަން ޖެހުމުން، ސައުދީ އާއި، މި ސަރުކާރާއި ހާއްސަކޮށް ޝަހީމު އާއި އޮންނަ ގާތް ކަން ކޮބައިތޯ ބުނެ އިމާމުން ދަނީ ސުވާލު ކުރަމުންނެވެ.
ސައުދީއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ވަނީ މިސަރުކާރު އައި ފަހުން ހީނަރު ވެފައެވެ. އަދި ސައުދިއަށް ދިޔުމަށް އެދިފައިވާ ދަތުރު ވަނީ ސައުދީއިން ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކޮށްފައެވެ.
އިސްލާމިކް މިނިސްޓަރ ޝަހީމަކީ އަރަބި ޤައުމުތަކާއި މާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ދައްކައިގެން އުޅޭ މީހެކެވެ. މީނާ އަކީ އަފްރާޝީމް މަރުގެ މައްސަލާގައި ދޮގު ބަޔާން ދީގެން މައްސަލަ އެ ބަލާފައިވާ މީހެކެވެ. އަދި ރާއްޖޭގެ އިސްލާމީ މިނިސްޓަރަކަށް ހުންނަން ހެޔޮވާ ވަރަށްވުރެ ހުތުރު ކަންކަން ކޮށްފައިވާ ފަރާތެކެވެ. މި ގޮތުން ހިލޭ އަންހެނަކާއި އެކު، ތަނެއްގައި ވަކިން އިންދެ، ބޮނަކުއާ ފުޅިއަކާއި، އެ އަންހެން ކުއްޖާއާއި އެކު ކޮޓަރިއަށް ވަންނަތަން ފެންނަ ވީޑިޔޯ އެއް އާންމު ވެފައިވާ މީހެކެވެ. މީގެ އިތުރުން މީހަކާއި އިނދެގެން ހުރެ، އެތައް އަންހެން ކުދިންތަކަކަށް މީނާ މެސެޖްކޮށް، ގުޅުން ބާއްވާ ކަމުގެ ތުހުމަތު އޮތް މީހެކެވެ. ޒަކާތު ފައިސާ ނަހަމަކޮށް ސިޔަސީ ބޭނުމަށް ގާތް މީހުންނަށް ބެހުމާއި، ރަން ފިހާރަ އަނބިމީހާގެ ނަމުގައި ހެދުން ފަދަ އެތައް ކަމެއް މީނާ އާއި މެދު ތުހުމަތު ކުރެވޭ އަޑި ނުބައި މީހެކެވެ.