އިޒްރޭލާއި ދެކޮޅު އެއްވެސް ހަރަކާތެއް ރާއްޖޭގައި ނުހިންގުމަށް އެމެރިކާއިން، ރާއްޖޭގެ ސަރުކާރަށް އަންގާފައިވާތީ، އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރުން ރާއްޖޭގައި މަނާ ކޮށްފިއެވެ. އަދި އެފަދަ މުޒާހަރާއެއް ކޮށްފިނަމަ އެކަން ސަރުކާރުން ހުއްޓުވާނެއެވެ.
ރާއްޖޭގެ ސަރުކާރަކީ، މުއިއްޒު ހުވާ ކުރީއްސުރެ އިޒްރޭލް ޕްރޯ ސަރުކާރެކެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ވަފްދު ހާޒިރުވީ، އެ ރަސްމިއްޔާތުގައު ފަލަސްތީނުގެ ވާހަކަ ނުގެނައުމަށް އެއްބަސް ވުމުންނެވެ. އަދި އެމެރިކާއާއި އެއްބަސް ވި ގޮތަށް ހުވަ ކުރުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގައި ހިނގަމުންދާ ގަތުލުއާމާއި ދެކޮޅަށް މުއިއްޒު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ހުވާ ކުރުމުގެ ހަފްލާއަށް ދިޔަ އެތައް ބަޔަކު ދިޔައީ ފަލަސްތީނުގެ ސްކާފް އަޅައިގެންނެވެ. ނަމަވެސް މުއިއްޒު ވަނީ ފަލަސްތީނުގެ ނަންވެސް ނުގަނެ ރަސްމިއްޔާތު ނިންމާލާފައެވެ.
މީގެ އިތުރުން، އެމެރިކާއިން މީގެ ކުރިން ވަނީ، ސަރުކާރުން އެހާ ބޮޑަށް ފަލަސްތީނު ކަންކަމާއި ނޫޅުމަށް ބުނެފައެވެ. މުއިއްޒުގެ ގޭ ދިމްޔާތުގައި ހުރި ދިދަ ނެގީ އެކަމާއި ގުޅިގެންނެވެ. އޭގެ ފަހުން ރައްޔިތުން މަޖިލީހުން ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކޮށްދިނުމަށް އެދި މުއިއްޒަށް ލިޔުމުން ދަންނަވާފައެވެ. ނަމަވެސް މުއިއްޒު ވަނީ މިއަދާ ހަމައަށް އެ ސިޓީއަށް 75 ވުރެ ގިނަ ދުވަސް ވިއިރުވެސް އެއްވެސް ޖަވާބެއް ނުދީ، އަދި އެއްވެސް ފިޔަވަޅެއް ވެސް ނާޅައެވެ. މިދިޔަ މަހު އިޒްރޭލުން ރާއްޖެ އައީ އެންމެ 23 މީހުންނެވެ.
އޭގެ ފަހުން މިހާރު އެމެރިކާއިން ވަނީ، އިޒްރޭލާއި ދެކޮޅު އެއްވެސް ހަރަކާތެއް ރާއްޖޭގައި ނުހިންގުމަށް ސަރުކާރަށް އަންގާފައެވެ. މިކަމާއި ގުޅިގެން ހަމަ އެކަނި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ކުރަމުން ދިޔަ ކަންތައް ކަމަށްވާ ދުޢާކުރުން ހުއްޓާލުމަށް ސަރުކާރުން ވަނީ ހުރިހާ މިސްކިތްތަކަށް އަންގާފައެވެ.