ޚަބަރު

މަޖިލީހުން ސަފީރުންނަށް ރުހުން ނުލިބެނީސް، ޤާނޫނާއި ޚިލާފަށް، މުއިއްޒު ވަނީ ޤައުމުތަކަށް ސަފީރުން ފޮނުވާފައި!

ދިޔަވަރު
މަޖިލީހުން ސަފީރުންނަށް ރުހުން ނުލިބެނީސް، ޤާނޫނާއި ޚިލާފަށް، މުއިއްޒު ވަނީ ޤައުމުތަކަށް ސަފީރުން ފޮނުވާފައި!

ރާއްޖޭގެ ޤާނޫނު އަސާސީ އާއި އަދި ފޮރިން ސާވިސް ޤާނޫނާއި ޚިލާފަށް، ޤާނޫނާއި ޤާނޫނު އަސާސީ އިން މަތިކޮށްފައި މަޖިލީހުގެ ރުހުން ހޯދުމުގެ މަސައްކަތް ފުރިހަމަ ނުކޮށް، މުއިއްޒު ދަނީ ޤައުމުތަކަށް ސަފީރުންނަށް މަސްއޫލިއްޔަތު ހަވާލު ކޮށް އެ މަގާމަށް މީހުން އެ ޤައުމުތަކަށް ފޮނުވަމުންނެވެ.

ދިޔަވަރު ނޫހުން ބެލި ބެލުމުގައި މިހާތަނަށް 4 ޤައުމަކަށް މުއިއްޒު ވަނީ ސަފީރުން ފޮނުވާފައެވެ. މި ގޮތުން، ޗައިނާ، ޔޫއޭއީ، ބަންގްލަދޭޝް އަދި ޕާކިސްތާނަށް ޤާނޫނު އަސާސީއާއި ޚިލާފަށް ސަފީރުން ވަނީ ވަޑައިގެން އެމްބަސީތަކުގައި މަސައްކަތް ކުރަން ފައްޓަވާފައެވެ.

އަދި މިއަދު އަލަށް އައްޔަން ކުރި، 3 ސަފީރުންވެސް، އަންނަ ހަފްތާގައި ސިރީލަންކާ، ބެލްޖިއަމް، އަދި މެލޭޝިޔާއަށް ފޮނުވުމަށް މުއިއްޒު ވަނީ ނިންމާފައެވެ.

ސަފީރުން އައްޔަން ކުރުމުގައި 4 މަރުހަލާއެއް ޤާނޫނީ ގޮތުން މަތިކޮށްފައި ވެއެވެ.

  1. ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ފަރާތްތަކެއްގެ ނަން މަޖިލީހަށް ފޮނުވުން
  2. މަޖިލިހުން އެފަރާތްތަކަށް ރުހުން ދިނުން.
  3. ރުހުން ލިބޭ ސަފީރުންނަށް ފަތްކޮޅު ދިނުން
  4. ސަފީރު ކަމަށް އައްޔަން ކުރާ ޤައުމުން އެ ފަތްކޮޅާއި ހަވާލު ވެ ވަޑައިގަތުން

ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ހަމަތައް، މުއިއްޒަށް އެނގި ނުލައްވައެވެ. އަދި 4 މިލިއަން ޑޮލަރަށް ފޮރިން މިނިސްޓަރު ކަމުގެ މަގާމު ބައްލަވައިގެން ހުންނެވި ޒަމީރަކަށް ވެސް އެކަން އެނގި ނުލައްވައެވެ. އެހެންކަމުން ޑިޔު ޕްރޮސަސް ފުރިހަމަ ނުކޮށް، ސަފީރުން ޤައުމުތަކަށް ފޮނުވިއަސް، އެ ޤައުމުތަކުގެ ސަރުކާރުތަކުން އެ ސަފީރުންނެއް ބަލައި ނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދިން އޮފިޝަލެއް ދިޔަވަރު ނޫހަށް ޑީއެމް ކޮށް ކިޔައި ދެއްވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 119 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ސަފީރުން ޢައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށެވެ. މީގެ އިތުރުން ފޮރިން ސަރވިސްގެ ޤާނޫނު ގައި ސަފީރުކަމަށް ޢައްޔަންކުރުމުގެ މަރުޙަލާ އިތުރަށް ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ ގައި ވަނީ ސަފީރުކަމުގެ މަގާމުތަކަށް މީހުން ކަނޑައެޅުމުގެ ބާރު ރައީސަށް ދީފަ އެވެ. އަދި އޭގައި ވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެ ނަންތައް ދިރާސާކޮށް ލަފާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ޖެހެއެވެ. އިތުރަށް ފޮރިން ސަރވިސްގެ ޤާނޫނު ގައި ބުނެފައި ވަނީ ނަންތައް ފާސްކުރުމަށް ނުވަތަ ބަލައިނުގަތުމަށް މަޖިލީހުން ވޯޓު ދޭން ޖެހޭ ކަމަށެވެ.