ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޔުގެންޑާއަށް ކުރެއްވި ދަތުރަށް ދައުލަތުން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މި ދަތުރަށް ދައުލަތުގެ ބަޖެޓުން ވަނީ 983،032.13 (9 ލައްކަ 83 ހާސް 32 ރުފިޔާ 13 ލާރި ) ހަރަދުކޮށްފައެވެ.
މީގެ އިތުރުން، ފޮރިންގ މިނިސްޓްރީއިން ވަނީ، ނައިބް ރައިސް އަށް ވީއައިޕީ ޚިދުމަތް ފުރުމުގައި އާއި، އެ ޤައުމަށް ވަޑައި ގަތުމުގައި މުޅި ދަތުރަށް އިތުރު 4 ލައްކަ ރުފިޔާ ޚަރަދު ކޮށްފައެވެ. އެހެން ކަމުން މުޅިއަކު 1.4 މިލިއަން ރުފިޔާ އެއްވެސް ފައިދާއެއް ރާއްޖެއަށް ނުކުރާ ދަތުރަކަށް ވަނީ ޚަރަދު ކޮށްފައެވެ.