ޚަބަރު

ރައީސް އޮފީސް ކޮމިއުނިކޭޝަން މިނިސްޓަރ ހަލީލު، އަބަދު ދިޔަވަރު ނޫހަށް ވަންނަ މައްސަލަ ރައީސް އޮފީހުގައި ބޮޑުވެއްޖެ!

ދިޔަވަރު
ރައީސް އޮފީސް ކޮމިއުނިކޭޝަން މިނިސްޓަރ ހަލީލު، އަބަދު ދިޔަވަރު ނޫހަށް ވަންނަ މައްސަލަ ރައީސް އޮފީހުގައި ބޮޑުވެއްޖެ!

ޚަބަރު ބެއްލެވުމަށް، ހަލީލު އަބަދު ދިޔަވަރު ނޫހަށް ވަންނަވާ މައްސަލަ ރައީސް އޮފީހުގައި ބޮޑުވެއްޖެއެވެ.

އަދި އަބަދު އެ ނުހަށް ނުވަނަސް، އަބަދު ދިޔަވަރުގެ ވާހަކަ ނުދެއްކިއަސް، ރައީސް ޕްރޮމޯޓް ކުރެވިދާނެ!

ރައީސް އޮފީހުގެ ސީނިޔާރ ބޭފުޅަކު ވިދާޅުވި ކަމަށް ވެއެވެ.

މި މައުލޫމާތު ދިޔަވަރު ނޫހަށް ދީފައި ވަނީ، ރައީސް އޮފީހުގެ ސްޓާފެއް ޓްވިޓަރ އިން ޑީއެމް ކޮށްގެންނެވެ. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި، ސަރުކާރާއި މެދު ނޫސްވެރިން ތިބީ ހިތް ހަމަ ނުޖެހިފައި ކަމަށާއި އެކަން ފެށިފައި ވަނީ، ދިޔަވަރު ނޫސް ބްލޮކް ކުރި މައްސަލަ އާއި ގުޅިގެންނެވެ.

ދިޔަވަރު ނޫހުގައި ލިޔާ ލިޔުންތަކުގެ ތެރެއިން މުއިއްޒު އެންމެ ހިތްހަމަ ނުޖެހެނީ، ފަސްޓްލޭޑީ ސާޖިދާއަށް އަމާޒު ކޮށް ލިޔާ ލިޔުންތައް ކަމަށާއި، އަދި ދިޔަވަރު ނޫސް ބްލޮކް ކުރުން ނިންމި ނިންމުން އެންމެ ބޮޑަށް ދިފާޢު ކުރި މީހުންގެ ތެރޭގައި ހަލީލު ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ޚަލީލު ހުންނެވީ މިނިސްޓަރ އެޓް ޕްރެޒިޑެންޓް އޮފީސް ފޯ ސްޓްރެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައެވެ.

ޚަލީލު އަކީ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހް އަށް ކެމްޕެއިން ކޮށްދޭން އުޅުއްވި ބޭފުޅެކެވެ. އަދި އޭރު އޮތް ދިޔަރެސް ނިއުސްވެސް ބްލޮކް ކުރުމަށް ރައީސް ސޯލިހްގެ ސަރުކާރުގެ އިސް ވެރިންނަށް އެކި ޚިޔާލުތައް ދެއްވާފައިވާ ފަރާތެކެވެ.

ހަލީލު މިހާރު ހުންނެވީ، ރައީސް އަރިހުގައި ރަށްރަށަށް ދަތުރު ކުރެއްވުމުގައެވެ. ނަމަވެސް، ރައީސްގެ މި ދަތުރުފުޅަކަށް މީޑިޔާގެ މާ ބޮޑު ތަރުހީބެއް ލިބިފައި ނުވެއެވެ. ރައީސް ދަތުރުފުޅު ކުރައްވަނީ ޕީއެންސީ އަށް މަޖިލިސް ނަގައިދިނުމަށް ކުރާ ކެމްޕެއިން ދަތުރެއް ގޮތުގައެވެ. މި ގޮތުން ދައުލަތުގެ ބަޖެޓުން މަޖިލިސް ކެމްޕެއިނަށް މުއިއްޒު ކުރާ ދަތުރުތަކަށް 328 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައި ވެއެވެ. މިއީ ސީދާ ކޮރަޕްޝަނެވެ.