ޚަބަރު

ހައިޑްރޮގްރަފީ ސާރވޭ ކުރާ ޗައިނާގެ ޖާސޫސީ ދެ ބޯޓް ރާއްޖޭގެ ދެކޮޅުގައި ބައްވައިގެން، މުޅި ރާއްޖެ މެޕް ކުރަމުން ދާއިރު، މިރޭ މުއިއްޒުވަނީ އެކަން ކުރާނީ ދިވެހި ސިފައިން ކަމަށް ބުނެ، ރައްޔިތުންނަށް އަނެއްކާވެސް ދޮގު ހަދާފައި

ދިޔަވަރު
ހައިޑްރޮގްރަފީ ސާރވޭ ކުރާ ޗައިނާގެ ޖާސޫސީ ދެ ބޯޓް ރާއްޖޭގެ ދެކޮޅުގައި ބައްވައިގެން، މުޅި ރާއްޖެ މެޕް ކުރަމުން ދާއިރު، މިރޭ މުއިއްޒުވަނީ އެކަން ކުރާނީ ދިވެހި ސިފައިން ކަމަށް ބުނެ، ރައްޔިތުންނަށް އަނެއްކާވެސް ދޮގު ހަދާފައި

ހައިޑްރޮގްރަފީ ސާރވޭ ކުރާ ޗައިނާގެ ޖާސޫސީ ދެ ބޯޓް ރާއްޖޭގެ ދެކޮޅުގައި ބައްވައިގެން، މުޅި ރާއްޖެ މެޕް ކުރަމުން ދާއިރު، މިއަދު މުއިއްޒުވަނީ އެކަން ކުރާނީ ދިވެހި ސިފައިން ކަމަށް ބުނެ، ރައްޔިތުންނަށް އަނެއްކާވެސް ދޮގު ހަދާފައެވެ. މުއިއްޒު މި މޭރުމުން ދޮގު ހަދާފައި ވަނީ، މިހާރު ތ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުފައި ވޭމަންޑޫގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ މި މުއިއްޒު މި ދޮގު ހެއްދެވި ދެވަނަ ފަހަރެވެ. ޗައިނާގެ އެންމެ ޖާސޫސީ ދެ ބޯޓް ރާއްޖޭގެ ދޮކޮޅުގައި ބާއްވައިގެން، ކަނޑުގެ އަޑީގެ ޑްރޯންތައް ރާއްޖޭގެ ސަރަހައްދަށް ފޮނުވައިގެން ދަނީ ޖާސޫސީ މަސައްކަތް ކުރަމުންނެވެ. އެއްވެސް އެއްބަސްވުމެއް ނަހަދައި، ޗައިނާ ރާއްޖޭގެ ބޯޑަރު މަތިން ދަތުރު ކުރަމުން ދަނީ، ކަނޑުގައި ދުއްވާނެ ސަރަހައްދު މަދުވެގެން ނޫނެވެ. ޗައިނާގެ ސެ ޖާސޫސީ މަނަވަރަކުން އެކަން ކުރަމުން އެދަނީ ކަނޑު އަޑީގެ ބަތާން ސްކޭންކޮށް އޭގައި ހުރި އެއްޗެއް ހޯދުމަށެވެ. މިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް، ބީބީސީ އިން ވެސް ވަނީ މިޚަބަރު ގެނެސް ދީފައެވެ.

މުއިއްޒަކީ ރައްޔިތުން ކުރިމަތީ އެއްވެސް ޖެހިލުމެއް ނެތި މިފަދަ ބޮޑެތި ދޮގުތައް މިވަރަށް ރާއްޖޭގައި ހަދަން ކެރުނު ހަމަ އެކަނި ރައީސްއެވެ.

ރައީސް ވިދާޅުވީ އިންޑިއާއާއެކު ކުރީ ސަރުކާރުން ހަދައިފައި އޮތް ހައިޑްރޮގްރަފީ އެއްބަސްވުމަކީ ރާއްޖެއަށް ގެއްލުން ލިބޭ ގޮތަށް ހަދައިފައި އޮތް އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މި އެއްބަސްވުން މުއިއްޒު ސަރުކާރުން އާންމުންނަށް ހާމަ ކޮށްފައެއް ނުވެއެވެ. ވެރިކަމަށް ވަޑައިގަތީ މި އެއްބަސްވުންތައް ގޯސް ކަމަށް ބުނެ، ހާމަ ކުރާނެ ކަމަށް ވައުދުވެގެންނެވެ. މި އެއްބަސްވުންތައް ހާމަ ކޮށްފައި ނުވުމުން، ދޭހަވަނީ މި އެއްބަސް ވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމެވެ.

އިންޑިޔާގެ އެއްބަސް ވުން އާ ނުކުރުމަށް މުއިއްޒު ނިންމާފައިވަނި ޗައިނާއިން އެދިގެން ކަން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ. އަދި ޗައިނާއަށް ރާއްޖޭގެ ކަނޑުތައް ސްކޭން ކުރަން ފުރުޞަތު ދިނުމަށް ކަން ވަނީ އެނގިފައެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޮގްރަފީ ސާވޭ ހެދުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް ހޯދުމަށް ޓަކައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް, ޑިފެންސް މިނިސްޓްރީއަަށް ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވިއިރު، މި ހަފްތާގައި މުއިއްޒުވަނީ 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވެން ނެތް ކަމަށް ބުނެ، އަމިއްލަ ފުޅަށް އެވާހަކަ އެމަނިކުފާނު ކުޅުއްވައި، ރައީސް އޮފީސް އިން ރިލީސްކުރި ވީޑިޔޯއެއްގައި ވިދާޅުވެފައެވެ.