ޚަބަރު

ލަގްޒަރީ ޖަކޫޒީ ހަރުކޮށް، މުލިއާގެ ހައިބަތު އިތުރު ކުރުމަށް 23 މިލިއަން ޚަރަދުކޮށް، 80 ދުވަސް ފަހުން މުއިއްޒު މުލިއާގެއަށް ބަދަލު ވެއްޖެ!

ދިޔަވަރު
ލަގްޒަރީ ޖަކޫޒީ ހަރުކޮށް، މުލިއާގެ ހައިބަތު އިތުރު ކުރުމަށް 23 މިލިއަން ޚަރަދުކޮށް، 80 ދުވަސް ފަހުން މުއިއްޒު މުލިއާގެއަށް ބަދަލު ވެއްޖެ!

ވެރިކަމަށް ވަޑައިގަތުމަށްފަހު އަމިއްލެ ގެކޮޅު މ. ދިމްޔާތުގައި 80 ދުވަހު ދިރިއުޅުއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާއިލާ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެއަށް ހޯމަ ދުވަހު ބަދަލުވެވަޑައިގެންފި އެވެ. މުއިއްޒު މުލިއާގެއަށް 80 ދުވަސް ވަންދެން ނުގޮސް މަޑުކުރީ، މުއިއްޒުގެ އަނބިކަބަލުން ބޭނުންވާ ފެންވަރަށް މުލިއާގެ ޒީނަތްތެރިކޮށް، ޑެކަރޭޓް ކުރުމަށެވެ. މައުލޫމާތު ލިބެ ގޮތުގައި މުލިއާގޭގައި މިހާރު ވަނީ ޔޫރަޕުން ގެނައި ލަގްޒަރީ ޖަކޫޒީ އެއްވެސް ހަރުކޮށްފައެވެ. މުލިއާގެއަށް ޖަކޫޒީ ވެއްދިތަން ގިނަބަޔަކަށް ފެނިފައިޥާއިރު، އޭގެ ވީޑިޔޯވެސް ބައެއް ފަރާތްތަކުގެ އަތުގައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ދިމްޔާތުގަ އެވެ. އެއީ މުލީއާގޭގެ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށެވެ.

އެނގިފައިވާ ގޮތުގައި މުލިއާގެ މަރާމާތުކުރީ އިތުރު ދެ ކޮޓަރި ހެދުމަށެވެ. އެއީ ރައީސް މުއިއްޒު އާއި އަނބިކަނބަލުން އަދި ތިން ބޭފުޅުންގެ ބޭނުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ, ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލީއާގެ ހަމަޖެއްސީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. އެއަށްފަހު އެމަނިކުފާނު ވެރިކަން ނިމެންދެން ދިރިއުޅުއްވީ އެ ގޭގަ އެވެ. އެއަށްފަހު އެ ގޭގައި ދިރިއުޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މުލިއާގެ ބޭނުންކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށެވެ. އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަފުޅު ގެކޮޅު ކަމަށްވާ ގ. ދޫވެހީގަ އެވެ.