ޚަބަރު

ވަޒީފާއިން މީހުން ވަކިކޮށް، ސަޕްލަޔަރުންނަށް ދޭނެ ފައިސާ ނެތް އިރު، 17 މިލިއަން ޚަރަދުކޮށް 250 ކޮމްޕިއުޓަރު ފެނަކައިން ގަންނަން އިއުލާން ކޮށްފި! "ފެނަކައަށް އާ ކޮމްޕިއުޓަރުތަކެއް އެއްވެސް ގޮތަކަށް ބޭނުމެއް ނުވޭ!"

ދިޔަވަރު
ވަޒީފާއިން މީހުން ވަކިކޮށް، ސަޕްލަޔަރުންނަށް ދޭނެ ފައިސާ ނެތް އިރު، 17 މިލިއަން ޚަރަދުކޮށް 250 ކޮމްޕިއުޓަރު ފެނަކައިން ގަންނަން އިއުލާން ކޮށްފި! "ފެނަކައަށް އާ ކޮމްޕިއުޓަރުތަކެއް އެއްވެސް ގޮތަކަށް ބޭނުމެއް ނުވޭ!"

ފެނަކަ ކޯޕަރޭޝަނަށް 250 ކޮމްޕިއުޓރަ ސިސްޓަމް ވިއްކާނެ ބަޔަކު އެކުންފުނިން ހޯދަން ފަށައިފިއެވެ.
ފެނަކައިން ބުނީ އެކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް 250 ކޮމްފިއުޓަރ ސިސްޓަމް ބޭނުންވާކަމަށެވެ.

ވަޒީފާއިން އެތައް ރައްޔިތުންނެއް ވަކިކޮށް، ބޮޑެތި ސިޔާސީ މަގާމުތައް އުފައްދައި 80 އަށް ވުރެ ގިނަ މަގާމު މިހާތަނަށް ފެނައިން އުފައްދާފައިވާއިރު، 17 މިލިއަން ބަޔަކަށް ދިނުމަށް 250 ކޮމްޕިއުޓަރ ގަންނަން ފެނަކައިން ވަނީ އިއުލާން ކޮށްފައެވެ.

ފެނަކައިން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރާ ގޮތުގައި މިއީ އެއްވެސް ގޮތަކަށް ފެނަކައަށް ބޭނުންވާ ތަކެއްޗެއް ނޫނެވެ. އަދި މިއީ ވަކި ބަޔަކަށް 17 މިލިއަން ރުފިޔާ ނަގައި ދިނުމަށް ހިންގާ ކޮރަޕްޝަނެއް ކަމަށް މިކަމުގެ ހަގީގަތް އެނގޭ ފެނަކައިގެ މުއައްޒަފެއް ދިޔަވަރަށް ކިޔައި ދިނެވެ.

މިއުޅޭނީ އާ ކުންފުންޏެއް އުފައްދައިގެން ނޫން 250 ކޮމްޕިއުޓަރު ގަންނަން. މިއީ ކޮރަޕްޓް ވިޔަސް ބޮޑު ވަރު!

ފެނަކައިން މައުލޫމާތު ދިން ފަރާތުން ކިޔައި ދިނެވެ.

ކޮމްޕިއުޓަރ ވިއްކަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަދުވަހު ބިޑް ހުށައެޅުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ދަރަނި 4 ބިލިއަނަށް އަރާ މާލީ ހާލަތު ދަށްކަމަށް ސަރކާރުން ބުނެފައިވާ ފެނަކައިން ވަނީ އިމާރާތްތަކެއް ކުއްޔަށް ހިފަން ބޭނުންވާކަމަށްވެސް މިދިޔަ މަހު ބުނެފައެވެ.