ޚަބަރު

ފުލުހުންގެ ބާރު ގޭންގްތަކަށް ނުހިނގާކަން އެނގި، ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން، ދަނޑުގައި ހިނގި މާރާމާރީ ތަހުގީގު ކުރާނެ ކަމަށް ބުނެފި! ނަމަވެސް އެއްވެސް މީހަކާއި ސުވާލެއް ނުކުރޭ، ހައްޔަރެއް ނުކުރޭ!

ދިޔަވަރު
ފުލުހުންގެ ބާރު ގޭންގްތަކަށް ނުހިނގާކަން އެނގި، ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން، ދަނޑުގައި ހިނގި މާރާމާރީ ތަހުގީގު ކުރާނެ ކަމަށް ބުނެފި! ނަމަވެސް އެއްވެސް މީހަކާއި ސުވާލެއް ނުކުރޭ، ހައްޔަރެއް ނުކުރޭ!

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުން ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައި ހިންގި އެ ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ހަމަލާ ދިފަ އެވެ.

މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލައިފަ އެވެ.

އެ ހަމަނުޖެހުމާ ހެދި އިއްޔެގެ މެޗު އިތުރަށް ފުރިހަމަ ނުކުރެވުނެވެ. މެޗުގެ ކުޅުން މެދުކަނޑާލިތާ ގާތްގަނޑަކަށް 25 މިނެޓް ފަހުން މެޗުގެ އޮފިޝަލުން ނިންމީ މެޗުގެ ފަހު 10 މިނެޓް އިތުރަށް ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ފަހުން ގޮތެއް ނިންމުމަށެވެ.