ޚަބަރު

2028 އަށް ޝަހީމު ޕްރޮމޯޓް ކުރުމަށް ހާއްސަ ޕީއާރު ޝޯއެއް ފޭސްބުކް މެދުވެރިކޮށް ގެންނަން ނިންމައިފި

ދިޔަވަރު
2028 އަށް ޝަހީމު ޕްރޮމޯޓް ކުރުމަށް ހާއްސަ ޕީއާރު ޝޯއެއް ފޭސްބުކް މެދުވެރިކޮށް ގެންނަން ނިންމައިފި

އިސްލާމިކް މިނިސްޓްރީގެ މަސައްކަތުގެ މައުލޫމާތުތައް ގެނެސްދޭން ކަމަށް ބުނެ. ފޭސްބުކް މެދުވެރިކޮށް ޝަހީމުގެ މަގުބޫލުކަން އިތުރު ކުރުމަށް ހާއްސަ ޝޯއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

މި ސަރުކާރު ހަވާލުވުމަށްފަހު މީޑިއާގައި އަދި ސޯޝަލް މީޑިޔާގައި އެންމެ ގިނައިން އެ ވުޒާރާއްގެ ހަބަރުތައް ގެންނަ ސަރުކާރުގެ އޮފީހަކީ ވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއެވެ. އެ ވުޒާރާއިން އަންނަނީ ޝަހީމުގެ މަގުބޫލުކަން އިތުރު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ތަކެއް ކުރަމުންނެވެ.

ޝަހީމު ދަނީ ކަންކަން ނުކުރެވުނަސް، ކަމަކަށް ހިތު ނިޔަތް ގަންނަ ހިސާބުން އެކަންކަން އެއީ އެ ވުޒާރާއިން ކުރާ ކަންކަމަށް ބަލައި، ޕޯސްޓަރު ތައް ހަދައި ސޯޝަލް މީޑިޔާގައި ޝެއަރ ކުރަމުންނެވެ. މީގެ ތެރޭގައި ޝަހީމުގެ ޕްރޮމޯޓް ކުރުމަށް ޝަހީމް ދައްކާ ވާހަކަ ތަކަށްވެސް، ޕޯސްޓްތައް ހަދާ ބަރާބަރަށް ޝެއަރ ކުރެއެވެ. އަދި ޝަހީމުގެ ޕޯސްޓަރުތައް މާ ބޮޑަށް ގިނަ ވާހެން ހީވުމުން، މަދުމަދުން މުއިއްޒުގެ ފޮޓޯލާފައިވެސް ޕޯސްޓަރުތައް ދަނީ ޖަހަމުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތައް އަންގައިދޭން "މި ވުޒާރާ" ގެ ނަމުގައި ހާއްސަ ފޭސްބުކް ޝޯއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މި ޝޯ ފޭސްބުކް މެދުވެރިކޮށް ހަފްތާއަކު އެއް ފަހަރު ގެނެސްދޭނެކަމަށާއި ޝޯ މެދުވެރިކޮށް އެ ވުޒާރާގެ ހުރިހާ ސެކްޝަންތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އޮފިޝަލުން ރައްޔިތުންނާއި ބައްދަލުކުރާނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ހުންނަ މަސައްކަތްތައް ކޮށް ނިންމުމުން އޭގެ ފައިދާ އިހްސާސް ކުރެވޭނެ އެވެ. އަދި ރަނގަޅަށް ކަމެއް ކޮށްފިނަމަ އެކަން "ޝޯ" އެއް ނުބޭއްވިއަސް އެނގޭނެއެވެ.

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ރުހުން ނުލިބުނު އެއް ވަޒީރަކީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެމަނިކުފާނަށް ރުހުން ދޭން ނުފެންނަކަމަށް މަޖިލީހުގެ 31 މެމްބަރުން ވަނީ ވޯޓް ދީފައެވެ. ރުހުން ދޭން ފެންނަކަމަށް ވޯޓް ދެއްވީ 30 މެމްބަރުންނެވެ. އެއްވެސް ކޮޅަކަށް ވޯޓް ނުދެއްވާ 8 މެމްބަރަކު ތިއްބެވިއެވެ.

ޑރ. ޝަހީމަކީ، ވައްކަމާއި، ކޮރަޕްޝަނާއި، މީހުންގެ އަނބިންނާއި އެކު އޮންނަން ނުވާ ގުޅުންތައް ބާއްވައިގެން ބޮނަކުއަރގެ ލަގަބު ލިބި، ޒަކާތުފަންޑަށްވެސް އަތް ބާނާފައިވާ، އިސްލާމިކް މިނިސްޓަރު ކަމާއި ކައިރިކުރަން ހޮނުވާ ވަރު މީހެކެވެ. އަދި މަގާމުގެ ބޭނުން ކޮށްގެން ޝަހީމް ދަނީ 2028 ގައި ވެރިކަމަށް އައުމަށް އަމިއްލަ އަށް ޕްރޮމޯޓްވުމަށް މަސައްކަތް ކުރަމުންނެވެ.