ޚަބަރު

ރާއްޖެއިން ބޭރުގައި ލޯނުގެ އެހީގައި ކިޔަވަން ތިބި ކުދިންނަށް ފައިސާ ޖަމާކުރުން ސަރުކާރުން ހުއްޓާލައިފި! ޓިއުޝަން ފީ ނުދެއްކި، ދަރިވަރުން ތިބީ ހާލުގައި ޖެހިފައި!

ދިޔަވަރު
ރާއްޖެއިން ބޭރުގައި ލޯނުގެ އެހީގައި ކިޔަވަން ތިބި ކުދިންނަށް ފައިސާ ޖަމާކުރުން ސަރުކާރުން ހުއްޓާލައިފި! ޓިއުޝަން ފީ ނުދެއްކި، ދަރިވަރުން ތިބީ ހާލުގައި ޖެހިފައި!

ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންނަށް އެމީހުން ނަގާފައިވާ ލޯނުގެ ދަށުގެ ސަރުކާރުން ފައިސާ ޖަމާކޮށް ނުދިނުމުން، ކޮލަޖަށް ބޭނުންވާ ޓިއުޝަން ފީއާއި، ގޭގެ ކުށްޔާއި، ކެއުމަށް ބޭނުންވާ ފައިސާ ކޮޅު ނުލިބި ގިނަ ދަރިވަރުންތަކެއް ހާލުގައި ޖެހިއްޖެ ކަމަށް މައުލޫމާތު ލިބެއެވެ. ސަރުކާރުން ދަރިވަރުންނަށް ފައިސާ ނުފޮނުވަނީ ކީއްވެގެންތޯ ސާފު ކުރުމަށް ހަޔަރ އެޑިއުކޭޝަން އާއި ދަރިވަރުންގެ އާއިލާ ތަކުން ގުޅުމުން ފޯނެއް ނުނަގައެވެ. އަދި އީމެއިލް ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ދަރިވަރުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި ފާއިތުވި އަހަރުތަކުގައި، ފައިސާ ޖަމާވުމުގައި އެއްވެސް މައްސަލަ އެއް މެދުވެރިވެފައި ނުވާ ކަމަށާއި، މިހާރު ފައިސާ ޖަމާ ނުވެގެން އުޅޭތާ ބައެއް ދަރިވަރުންނަށް 3 މަސް އަދި އެހެން ދަރިވަރުންނަށް 2 މަސް ވެފައި ވާކަމަށެވެ. އެހެން ކަމުން މުއިއްޒު ސަރުކާރު އައި ފަހުން، މަތީތައުލީމް ހާސިލް ކުރުމަށް ލޯނު ސްކީމުގެ ދަށުން ތައުލީމް ހާސިލް ކުރަން ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް އެމީހުންނަށް ދޭން ޖެހޭ އެއްވެސް ފައިސާ އެއް މުއިއްޒު ސަރުކާރުން ފޮނުވާފައި ނުވެއެވެ.

ޑިޕުއުޓި މިނިސްޓަރުންނާއި، މިނިސްޓަރުން އިންތިހާއަށް ގިނަވެ، އެއްވެސް ސަރުކާރަކުން ހަރަދު ނުކުރާ ވަރަށް މި ސަރުކާރުން ދަނީ މިނިސްޓަރުންގެ ލެވެލްގައި ތިބި ފަރާތްތަކަށް ކޮންމެ މަހަކު ބަރާބަރަށް، މުސާރައާއި އިނާއަތްތައް ދެމުންނެވެ. ނަމަވެސް ދިވެހި ކިޔާވާކުދިން ނަގާފައިވާ ލޯނުތަކަށް ފައިސާ ޖަމާ ނުކުރެވި، މަސްވެރިން ބާނާ މަސް ކިރައި، އެއަށް ފައިސާ ނުދީ، ސަރުކާރުން ދަނީ އިތުރު ފަރާތްތައް މިނިސްޓަރުންގެ ލެވެލްގައި ބޮޑު މުސާރަ ތަކުގައި އައްޔަން ކުރަމުންނެވެ. ސަރުކާރުގައި މިނިސްޓަރުންގެ އެކި ލެވެލްގައި ޖުމްލަ 304 މިނިސްޓަރުން އެނގިގެން އެބަ ތިއްބެއެވެ.

ހާލުގައި ޖެހިފައިވާ ދަރިވަރުން ތިބީ، ކޮލްޖަށް ފީ ދެއްކެން ނެތުމުން، ކިޔެވުން މެދު ކަނޑާލަން ޖެހިދާނެ ކަމުގެ ބިރުވެރި ކަމުގެތެރޭގައެވެ.