ޚަބަރު

ޔޫއެސް ޖެހިލުންވެ، މަސްލަހަތު ހޫނުވެފައިވާ، މަޝްހޫރު ނޫސްވެރިޔާ ޓަކާރ، ޕުޓިންނާއި ކުރާ އިންޓަވިއު މާދަމާ ރޭ ޓްވިޓާއިން!

ދިޔަވަރު
ޔޫއެސް ޖެހިލުންވެ، މަސްލަހަތު ހޫނުވެފައިވާ، މަޝްހޫރު ނޫސްވެރިޔާ ޓަކާރ، ޕުޓިންނާއި ކުރާ އިންޓަވިއު މާދަމާ ރޭ ޓްވިޓާއިން!

އެމެރިކާއިން މިވަގުތު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަ ކަމުގައި ވާ، އެމެރިކާގެ ނޫސްވެރިއަކު (ޓަކާރ) ރަޝިޔާގެ ރައީސް ޕުޓިންނާއި ކުރާ އިންޓަވިއު މާދަމާރޭ ޓްވިޓަރ (އެކްސް) އިން ގެނެސް ދިނުމަށް ހަމަ ޖެހިއްޖެއެވެ.

މި އިންޓަވިއު އާއި ގުޅިގެން، އެމެރިކާގައި މަސްލަހަތު ގޯސްވެފައި ވަނީ، އެގައުމުގެ ގިނަ ރައްޔިތުންތަކަކަށް ރަޝިޔާއާއި، ޔޫކްރެއިން އާއި ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި ގުޅޭ ގޮތުން ހަޤީގީ މައުލޫމާތު ލިބިދާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެމެރިކާގެ ގިނަ މީޑިޔާ ތަކުން ހަޤީގަތް ހާމަ ނުކުރާ ކަމަށް މަޝްހޫރު ނޫސްވެރިޔާ ޓަކާރ ހާމަ ކުރެއެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ އިން މުޅި ދުނިޔެ ބަދަލުވެފައިވާ ކަމަށާއި، އެއްވެސް މާނަ އެއް ނެތް މިހަނގުރާމަ ނިމެން ޖެހޭ ކަމަށާއި، މި ހަނގުރާމައިން ފައިދާ ވަނީ، އެމެރިކާގެ މިލިޓަރީ ކޮމްޕްލެކްސް އަށް ކަމަށް މިނިވަން ނޫސްވެރިން ޓްވިޓާރ ގައި ދަނީ ޚިޔާލު ފާޅު ކުރަމުންނެވެ.

މިއަދުގެ ވަގުތެއްހައި ހިލަރީ ކްލިންޓަން ވަނީ އެމްއެންބީސީ އަށް ދިން އިންޓަވިއުގައި ޓަކާރގެ އަގު ވައްޓާލުމަށް، ޓަކާރ އަކީ ބޭނުންތެރި ގަމާރެއް ކަމަށް ބުނެފައެވެ. އަދި މި އިންޓަވިއު އާއި ގުޅިގެން ޓަކާރ ރޭ ޕޯސްޓް ކުރި ވީޑިޔޯ އަށް ސީއެންއެން އިން ވަނީ ހަމަލާ ދީފައެވެ.

ޓަކާރގެ އިންތަވިއު ޓްވިޓަރ ގައި ގެނެ ނުދިނުމަށް، އެމެރިކާގެ ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް، ސޯޝަލް މީޑިޔާގައި ވާހަކަ ދެކެވެއެވެ. އަދި މި އިންޓަވިއު ކުރުމުގެ ސަބަބުން ޓަކާރ އާއި މެދު ޚިޔާނާތުގެ ދައުވާ އެމެރިކާ ސަރުކާރުން ކޮށްފާނެ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ގިނަ ބަޔަކު މުއިއްޒު ސިފަކުރަމުންދަނީ ޔޫކްރެއިން ހަނގުރާމަ އަށް ވައްޓާލި ޒެލަންކީ ފަދަ، މީހެއް ގޮތުގައެވެ. މުއިއްޒަކީ ސައުތު އޭޝިޔާގެ ޒެލަންކީ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.