ޚަބަރު

ޓުއަރިޒަމްގެ ޕީއެސް މަގާމުން އިސްތިއުފާ ދިނީ އަދުރޭގެ ދަރިފުޅުގެ ފުށުން ކުރިމަތިވި ޖިންސީ ފުރައްސާރަތަކަށް ކެތް ނުވެގެން!

ދިޔަވަރު
ޓުއަރިޒަމްގެ ޕީއެސް މަގާމުން އިސްތިއުފާ ދިނީ އަދުރޭގެ ދަރިފުޅުގެ ފުށުން ކުރިމަތިވި ޖިންސީ ފުރައްސާރަތަކަށް ކެތް ނުވެގެން!

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ (ޕީއެސް) ފާތިމަތު ނިލްފާ އެ މަގާމުން މިމަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދިނީ, ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާތަކަށް ކެން ނުވެގެން ކަމުގައި "ދިޔަވަރު އޮންލައިންއަށް މައުލޫމާތު ލިބިއްޖެއެވެ.

ދިޔަވަރު އޮންލައިންއަށް މައުލޫމާތު ދިން ނިލްފާގެ ގާތް އެކުވެރިޔަކު ކިޔައިދިން ގޮތުގައި މަގާމާ ހަވާލުވުމަށްފަހު ފައިސަލް ވަނީ ނިލްފާއަށް މެސެޖުކޮށް, އެގި ގޮތް ގޮތުން އުދަގޫ ކުރަން ފަށާފައި ކަމުގައެވެ. އަދި އޭގެ އިތުރުން މަސައްކަތުގެ މާހައުލުގައިވެސް ފައިސަލް ނިލްފާއަށް އެކި ގޮތްގޮތުން އުދަގޫ (ޖިންސީ ފުރައްސާރަ) ކޮށްފައިވާކަމަށްވެސް އޭނާ ކިޔައި ދީފައި ވެއެވެ.

އަތުގައިވެސް އަތްލާ ހަދާ. ގައިގެން ތަންތަނުގައި ކޮށްޓާ (އަތްލާ)ވެސް ހަދަނީ. ހަށިގަޑުގެ ވަނާތަކަށް ބަލަން ޖުނެހޭ ގޮތަށް ބެލުމާއި, މުއާމަލާތު ކުރަން ނުޖެހޭ ގޮތަށް މުއާމަލާތުކުރުންވެސް ހިމެނޭ. ޝަކުވާ ކުރިނަމަވެސް, އިންސާފު ނުލިބޭނެކަމަށް ނިލްފާ ގަބޫކުރަނީ.

ނިލްފާގެ ގާތް އެކުވެރިޔަކު, ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ކިޔައި ދީފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ ރައިސް މުހައްމަދު ނާސިހު ވިދާޅުވެފައިވަނީ, ނިލްފާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ސިޓީގައި ބުނެފައި ވަނީ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން މަގާމުގައި އިތުރަށް ހުންނަން ޝައުގުވެރިކަން ނެތުން ކަމަށެވެ. 

އެއީ، މަސައްކަތްކުރާނެ މާހައުލެއް ނެތުމާއި އެތަނުގައި [މިނިސްޓްރީގައި] ދަތިތަކެއް ކުރިމަތިވުން.

އެއީ ކީއްވެގެންތޯ އެހުމުން އެކަމުގެ މާ ބޮޑު ތަފްސީލަކަށް ވަޑައިނުގެން ނާސިހު ވިދާޅުވެފައި ވެއެވެ.

އަބުދުއްރަހީމްއަކީ މިސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރެވެ. އަދި އެއްވެސް ތައުލީމީ ފެންވަރެއް އަދި ގާބިލްކަމެއްވެސް ނެތި, އިންޑަސްޓްރީގެ އިސް ބޭފުޅުންގެ ރުހުމާވެސް ދެކޮޅަށް, އިބުރާހިމް ފައިސަލްއަށް ވަޒީރުކަން ދީފައިވަނީވެސް އޭނާގެ ބައްޕަ އަބުދުއްރަހީމްގެ ނުފޫޒުންނެވެ.