ޚަބަރު

ޗައިނާގެ އާއަހަރުގެ މުނާސަބަތުގައި މުއިއްޒުގެ މެސެޖް: ހުރިހާވެސް ކާމިޔާބީއަކާ އުފާ ފާގަތިކަމެއް ގުޅިފައިވަނީ "ޑުރެގަނު"ގެ އަހަރާ

ދިޔަވަރު
ޗައިނާގެ އާއަހަރުގެ މުނާސަބަތުގައި މުއިއްޒުގެ މެސެޖް: ހުރިހާވެސް ކާމިޔާބީއަކާ އުފާ ފާގަތިކަމެއް ގުޅިފައިވަނީ "ޑުރެގަނު"ގެ އަހަރާ

މިއަދު ފާހަގަ ކުރަމުންދާ ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބަތުގައި, ރައީސް މުއިއްޒު ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސް ކޮށްފިއެވެ.

ބޭރުގެ ގައުމަކާ ގުޅުންހުރި އެއްވެސް މުނާސަބަތެއް ފާހަގަ ކުރުމަށް މިހާތަނަށް ވީޑިއޯ މެދުވެރިކޮށް މުއިއްޒު ތަހުނިޔާ ފޮނުއްވާފައި ނުވިނަމަވެސް, ޗައިނީސް ނިއުއިޔަރ ފާހަގަ ކުރުމަށް މުއިއްޒު ދެއްވި ވީޑިއޯ މެސެޖުގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން، އެ ގައުމުން ފާހަގަކުރާ މި ފެށޭ ހަނދުމަހުގެ އާ އަހަރާއެކު ލިބުމަށް އެދިވަޑައިގަންނަވާކަމުގައެވެ.

އަދި މުއިއްޒު ވިދާޅުވީ ހުރިހާވެސް ކާމިޔާބީއަކާ އުފާ ފާގަތިކަމެއް ގުޅިފައިވަނީ "ޑުރެގަނުގެ އަހަރާއި" ކަމުގައެވެ. އަދި ޗައިނާއިން ފާހަގަ ކުރާ އާއަހަރުގެ ރަމްޒު ކަމުގައިވާ "ޑްރެގަނަކީ" ކާމިޔާބީއާއި, ޙިކުމަތްތެރިކަމާއި, އުފާ ފާގަތިކަމާއި ގުޅުންހުރި ރަމްޒެއް ކަމުގައިވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިއަދު ފާހަކުރަމުންދާ, ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް, ޗައިނާގެ ގައުމިއްޔަތު ރަމްޒު ކޮށްދޭ ޑުރެގަނުގެ ސޫރަތަށް ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ގެނެސް ގިނަ ރިސޯޓުތަކުގައި ވަނީ ނައްޓުވާ ހަދާފައެވެ. މިއީ ދިވެހިންގެ ދީނާއި އަދި ސަގާފަތާވެސް ފުށުއަރާ, ލާދީނީ މުނާސަބަތަަކަށްވި ނަމަވެސް, މިސަރުކާރުން މިކަން ހުއްޓުވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ޗައިނާގެ ޑުރެގަނުން ރަމްޒުކޮށްދޭނީ ދަރިމައިވުމާއި ތަނަވަސް ކަމެވެ.

ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ޗައިނާއިން ބަސްބުނާ, އަދި ޗައިނާއިން ކަނޑައަޅާ ސިޔާސަތުތަކާއި އެއްގޮތަށް ކުރިޔަށްދާ ޚާރިޖީ ސިޔާސަތަކަށް ވަނީ ހައްދަވާފައެވެ. އަދި ދާދިފަހުން މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުުޅުގައި އެގައުމާއެކު ވަނީ ސިއްރު ގިނަ އެއްބަސްވުންތަކެއްގައިވެސް ސޮއި ކުރައްވާފައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ މަކުނުދޫގައި ޗައިނާގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމަށްވި އެއްބަސްވުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ޗައިނާގެ އަސްކަރީ ރިސާޗު އުޅަނދުތަކުން މިހާރުވެސް ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މެޕް ކުރަމުންނެވެ.