ޑްރެގަން ކަލާންގެ އަށް އީމާން ކަން ފާޅު ކުރުމަކީ, އެމީހުން ގަބޫލު ކުރާ ކަނޑު އަޑީގައި ވާ ޑްރެގަން ކަލާންގެ ހަޒުރަތުން ކަންކަމަށް އެދުމެވެ. "ޑްރަގަން ކަލާންގެ ރަމްޒު ކޮށް ދެނީ ބާރުވެރި ކަމާއި، ހިކުމަތާއި، އުފާ ފާގަތި ކަން" ކަމަށް ބުނެ ޝިންޓޯ ދީނުގެ އާ އަހަރު ފާހަގަ ކުރުމަކީ ކަނޑައެޅިގެންވާ ބޮޑު ޝިރުކެކެވެ. ނަމަވެސް މުއިއްޒު މިފަދައިން ބުނާ ވީޑިޔޯއެއް ޗައިނާގެ މީޑިޔާ ތަކުން ދަނީ ދުރަށް ގެނެސް ދެމުންނެވެ. ޑްރެގަން ކަލާންގެ ސިފަތައް މިގޮތަށް ބަޔާން ކުރުމަކީ ޗައިނާ މީހުން އަޅުކަންކުރާ ޝިންޓޯ ދީނީ އަގީދާގެ އެންމެ މުހިންމު ބައެވެ. އެ ދީނުގައި ވާ ގޮތުން، މުއިއްޒު އެ ވިދާޅުވިހެން، ޑްރަގަން ކަލާންގެ އަކީ ދަނޑު ގޮވާމަށް އެދި ދެންނެވޭ، ވާރޭ ގެ ރިޒްގަށް އެދި ދެންނެވޭ، އަދި މަސްވެރިކަން ތިޔާގި ކޮށްދެއްވުމަށް އެދި ދަންނަވާ ކަލާންގެއެވެ. މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކާމިޔާބީއަށް އެދި ނުވަތަ އިންސާނުން ހަދައިގެން ގެންގުޅޭ ކަލާންގެ ތައް ރަމްޒު ކޮށްދެނީ، ފާގަތި ކަމާއި، ބާރާއި، ހިކްމަތް ކަމަށް ބުނުމަކީ ޝިރުކުގެ އަމަލެކެވެ.
ޗައިނާގެ ދީނީ އާ އަހަރުގެ ތަހުނިޔާގައި މުއިއްޒު ބާރު ވެރި ކަމުގެ ރަމްޒުގެ ގޮތުގައި ބުނި ޑްރަގަން އަކީ ޗައިނާގެ ދީނުގައި މި ޢަޤީދާގެ ކަލާންގެ އެވެ. އެއީ ކަނޑުއަޑީގައިވާ ރައިގޫ-ޖޯ އޭ ކިޔުނު ގަނޑުވަރެއްގައި ދިރިއުޅެމުން އަންނަ ބާރުގަދަ ޑްރެގަންއެއްގެ ކަމުގައި ޗައިނާގެ ޝިންޓޯ ދީނުގެ މީހުން ދެކެއެވެ. ދިޔަވަރު ބޮޑު ވުމާއި، އުދައެރުމާއި، ތޫފާންތަކާއި ކަނޑުގެ މަތިވެރިކަން ކޮންޓްރޯލް ކުރައްވާ ކަލާންގެ އަކީ މި ޑްރަގަން ކަމުގައި މަގު އޮޅިފައިވާ ޗައިނާ ކާފަރުން ދެކެއެވެ.
މި ކާފަރު ދީނުގައި ވާ ގޮތުން ރިއުޖިން (ޑްރަގަން) އަކީ ދީލަތި ކަލާންގެ އެކެވެ. ޑްރަގަންނަށް މުއިއްޒު އެދުނު ގޮތަށް ހެޔޮ އެދުންތައް ދިނުމާއި، އޭނާއަށް އިހުތިރާމްކުރާ މީހުންނަށް މަދަދުވާ ކަލާންގެ އެއް ގޮތުގައި ކާފަރުން މި ޑްރަގަން ސިފަކުރެއެވެ. ނަމަވެސް ޑްރަގަން ދެކެ ރުޅި އައިސްފިނަމަ ޑްރަގަން ކަލާންގެ ކަމަށް އެބުނާ ހިޔާލީ އެތި ވެސް ރުޅިގަދަވެދާނެ ކަމަށް މި ކާފަރުންތައް ދެކެއެވެ.
ޑްރަގަން ކަލާންގެ އަޅުންގެ ގޮތުގައި ކަހަނބާއި، މަހާއި، ޖެލީފިޝް ފަދަ ތަފާތު ކަނޑުގެ ދިރުންތައް ވާ ކަމުގައި މި ކާފަރު ދީނުގެ މީހުން ދެކެއެވެ.
ޗައިނާގައި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ކަނޑުގެ ނިޢްމަތްތަކަށް ބޮޑަށް އޮންނަ، އައްސޭރިފަށު ހިސާބިގައި ތިބޭ މުޖުތަމަޢުތަކުގައި މި ދީން ފެތުރިފާލެއް ބޮޑެވެ. އަދި މި ސަރަހައްދު ތަކުގައި، ޑްރަގަން ކަލާންގެ އަށް އަޅުކަން ކުރާ ފައްޅިތައް ގިނަ ކަމަށް ފާހަގަ ކުރެވެއެވެ. އަދި ޑްރަގަން ކަލާންގެ ރުއްސުމަށް، ހަނޑުލާއި، ގޮވާމުގެ ބާވަތްތައް ޑްރަގަން އަށް ހަދިޔާ ކުރުމާއި، މުއިއްޒު ސަނާ ދެންނެވިހެން ޑްރަގަން އަށް ސަނާ ދަންނަވަތެވެ. އެހެން ކަމުން، މުއިއްޒު ކޮށްފައި ވަނީ ޝިރުކުގެ އަމަލެއް ކަމަށް ދީނީ ގިނަ އިލްމު ވެރިން ދަނީ ބުނަމުންނެވެ. ނަމަވެސް، މުއިއްޒު އަކީ އިސްލާމީ ލީޑަރެއް ކަމަށް ދައްކައިގެން ވެރިކަމަށް އައިސް، ނާޖާއިޒް އެތައް މަންފާއެއް ހާސިލް ކުރަމުންދާ ސަލަފު ޖަމިއްޔާގެ މީހުން ތިބީ މިކަން ނުފެންނަ ކަމަށް ހަދައިގެން، މުއިއްޒުގެ ވެރިކަމުން ލިބޭ މަންފާގެ ދަހިވެތި ކަމުގައެވެ.
އިސްލާމުންނަށް ދީނީ އާ އަހަރެއް ގޮތުގައި ފާހަގަ ކުރަން އޮންނަނީ، ހިޖުރީ އާ އަހަރު އެކަންޏެވެ.