ޑްރެގަން ރަމްޒު ކޮށް ދެނީ ބާރާއި، ހިކުމަތާއި، އުފާ ފާގަތި ކަން ކަމަށް ބުނެ މިއަދު ޗައިނާގެ އާ އަހަރުގެ ތަހުނިޔާ މުއިއްޒު ފޮނުވިއެވެ. ޑްރަގަން އަކީ ޗައިނާގެ ޝިންޓޮން ދީނުގައި ކަލާންގެ އެވެ. މުއިއްޒު ޗައިނާގެ ދީނީ އަޅުކަމުގެ ދުވަހެއް ފާހަގަ ކޮށްފައިވާއިރު، އަދި މުއިއްޒުގެ ބަސްމަގު ޝިރުކުގެ އަމަލު ތެރޭގައި ހިމެނޭއިރު، މިކަމާއި ގުޅިގެން ސަލަފުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި އާންމު ކޮށް މިކަހަލަ ކަންކަމުގައި ހައްޤު ބަސް ބުނެ އުޅޭ އަލީ ރަމީޒުވެސް މިފަހަރު ހުރީ ހަނުއެވެ.
ޗައިނާ އަދި ޖަޕާނުގެ ކާފަރުން ގަބޫލު ކުރާ މި ކަލާންގެ އަކީ ކަނޑުއަޑީގައިވާ ރައިގޫ-ޖޯ އޭ ކިޔުނު ގަނޑުވަރެއްގައި ދިރިއުޅެމުން އަންނަ ބާރުގަދަ ޑްރެގަންއެއްގެ ކަމުގައި ޗައިނާގެ ޝިންޓޯ ދީނުގެ މީހުން ދެކެއެވެ. ދިޔަވަރު ބޮޑު ވުމާއި، އުދައެރުމާއި، ތޫފާންތަކާއި ކަނޑުގެ މަތިވެރިކަން ކޮންޓްރޯލް ކުރައްވާ ކަލާންގެ އަކީ މި ޑްރެގަން ކަމުގައި މަގު އޮޅިފައިވާ ޗައިނާ ކާފަރުން ދެކެއެވެ.
މި ކާފަރު ދީނުގައި ވާ ގޮތުން ރިއުޖިން (ޑްރަގަން) އަކީ ދީލަތި ކަލާންގެ އެކެވެ. ޑްރަގަންނަށް މުއިއްޒު އެދުނު ގޮތަށް ހެޔޮ އެދުންތައް ދިނުމާއި، އޭނާއަށް އިހުތިރާމްކުރާ މީހުންނަށް މަދަދުވާ ކަލާންގެ އެއް ގޮތުގައި ކާފަރުން މި ޑްރަގަން ސިފަކުރެއެވެ. ނަމަވެސް ޑްރަގަން ދެކެ ރުޅި އައިސްފިނަމަ ޑްރަގަން ކަލާންގެ ކަމަށް އެބުނާ ހިޔާލީ އެތި ވެސް ރުޅިގަދަވެދާނެ ކަމަށް މި ކާފަރުންތައް ދެކެއެވެ.
ޑްރަގަން ކަލާންގެ އަޅުންގެ ގޮތުގައި ކަހަނބާއި، މަހާއި، ޖެލީފިޝް ފަދަ ތަފާތު ކަނޑުގެ ދިރުންތައް ވާ ކަމުގައި މި ކާފަރު ދީނުގެ މީހުން ދެކެއެވެ.
ޗައިނާގައި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ކަނޑުގެ ނިޢްމަތްތަކަށް ބޮޑަށް އޮންނަ، އައްސޭރިފަށު ހިސާބިގައި ތިބޭ މުޖުތަމަޢުތަކުގައި މި ދީން ފެތުރިފާލެއް ބޮޑެވެ. އަދި މި ސަރަހައްދު ތަކުގައި، ޑްރަގަން ކަލާންގެ އަށް އަޅުކަން ކުރާ ފައްޅިތައް ގިނަ ކަމަށް ފާހަގަ ކުރެވެއެވެ. އަދި ޑްރަގަން ކަލާންގެ ރުއްސުމަށް، ހަނޑުލާއި، ގޮވާމުގެ ބާވަތްތައް ޑްރަގަން އަށް ހަދިޔާ ކުރުމާއި، މުއިއްޒު ސަނާ ދެންނެވިހެން ޑްރަގަން އަށް ސަނާ ދަންނަވަތެވެ. އެހެން ކަމުން، މުއިއްޒު ކޮށްފައި ވަނީ ޝިރުކުގެ އަމަލެއް ކަމަށް ދީނީ ގިނަ އިލްމު ވެރިން ދަނީ ބުނަމުންނެވެ. ނަމަވެސް، މުއިއްޒު އަކީ އިސްލާމީ ލީޑަރެއް ކަމަށް ދައްކައިގެން ވެރިކަމަށް އައިސް، ނާޖާއިޒް އެތައް މަންފާއެއް ހާސިލް ކުރަމުންދާ ސަލަފު ޖަމިއްޔާގެ މީހުން ތިބީ މިކަން ނުފެންނަ ކަމަށް ހަދައިގެން، މުއިއްޒުގެ ވެރިކަމުން ލިބޭ މަންފާގެ ދަހިވެތި ކަމުގައެވެ.
އިސްލާމުންނަށް ދީނީ އާ އަހަރެއް ގޮތުގައި ފާހަގަ ކުރަން އޮންނަނީ، ހިޖުރީ އާ އަހަރު އެކަންޏެވެ.