ޚަބަރު

ފަލަސްތީނުގެ މިނިވަންކަން ގެއްލުނީ ފަލަސްތީނުގެ ރައްޔިތުން އެގައުމަށް ޚިޔާނާތްތެރިވުމުން ކަމަށް މޭރުކޮށް, މުއިއްޒު ވިދާޅުވީ, ރާއްޖެ ފަލަސްތީނަސް ވާން ބޭނުން ނުވާކަމަށް!

ދިޔަވަރު
ފަލަސްތީނުގެ މިނިވަންކަން ގެއްލުނީ ފަލަސްތީނުގެ ރައްޔިތުން އެގައުމަށް ޚިޔާނާތްތެރިވުމުން ކަމަށް މޭރުކޮށް, މުއިއްޒު ވިދާޅުވީ, ރާއްޖެ ފަލަސްތީނަސް ވާން ބޭނުން ނުވާކަމަށް!

ފަލަސްތީނުގެ މިނިވަންކަން ގެއްލުނީ ފަލަސްތީނުގެ ރައްޔިތުން އެގައުމަށް ޚިޔާނާތްތެރިވުމުން ކަމަށް މޭރުކޮށް, ރާއްޖެ ފަލަސްތީނަސް ވާން ބޭނުން ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތިހާލަތަކީ, އެގައުމުގެ ރައްޔިތުން އެގައުމަށް ޚިޔާނާތްތެރިވުމުން ކުރިމަތިވީ ހާލަތެއްކަމަށް މޭރުންކޮށް ރަައީސް މުއިއްޒު ވާހަކަ ދެއްކެވީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުންނެވެ.

މި ޚިޡާބުގައި, ރާއްޖެ ފަލަސްތީނަށް ވާން ނޭދޭ ކަމަށް ވިދާޅުވެ ރައީސް މުއިއްޒުވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މަލާމާތް ރައްދުވާ ގޮތަށްވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ އަމިއްލަ ބިމުގެ ބާރުވެރިކަން އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ދަނީ ފެންނަ ކަމުގައެވެ.

އަދި އޭގެ މިސާލަކީ ފަލަސްތީނު ކަމަށާއި އެހެންވެ، އެފަދަ ދުވަހެއް ދެކެން ނޭދޭ ކަމަށް ރައީސް މުއިއްޒުގެ ޚިޡާބުގައި ވިދާޅުވިއެވެ.

އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަޑު އެބައެއްގެ އަތުގަައި ނެތްގައުމުތައް އުޅޭ ހާލު އަބަދާއި އަބަދު އެބަފެނޭ. ފަލަސްތީނަކި އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަޑުމެން ނޭދެމު. އެހެންކަމުން... އަޅުގަޑުގެ އިޚްލާސްތެރި އިލްތިމާސަކީ މިއީ. ގައުމަށް ތެދުވެރި ވާށޭ. ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ. ދައުލަތަށް ވަފާތެރި ވާށޭ.

ފަލަސްތީނުގެ މިނިވަންކަން ގެއްލިގެން ދިޔައީ އެގައުމުގެ ރައްޔިތުން ގައުމަށާއި ދައުލަތަށް ވަފާތެރި ނުވުމުން ކަމަށް މޭރުން ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު ޖިހާދަށް މަލާމާތް ރައްދުވާގޮތަށް ރައީސް މުއިއްޒު މިއަދު ވާހަކަ ދައްކަވާފައިވާއިރު, އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭގޮތަށް އެތައް ބަޔަކު ގޮވާލާ ގޮވާލުންތަކަށް ރައީސް މުއިއްޒު މިހާތަނަށް އިޖާބަ ދީފައެއް ނުވެއެވެ.

އަދި ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ގައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައާއި, ރާއްޖެއިން ބޭރުގެ ފޯރަމްތަކުގައިވެސް ފަލަސްތީނުގެ މިނިވަކަމަށް ރައީސް މުއިއްޒު ގޮވާލަމުން ނުދާނީ ގިނަ ބައެއްގެ ފާޑުކިއުން މި ސަރުކާރަށްވަނީ އަމާޒުވެފައެވެ.