އަލިރަސްގެފާނުގެ ޖިހާދު މީޑިއާތަށް މުހާތަބުކުރާ ކަމަށާއި، ގައުމާއި(މުއިއްޒާއި) އެއްކޮޅަށް ހަބަރުތައް ފެތުރުމަށް ނަސޭހަތްތެރިވާކަމާއި ދޮގު ހަބަރު ނުފަތުރަން އިންޒާރުދޭކަމަށް ބުނެ، މުއިއްޒު ވަނީ އަލި ރަސްގެފާނުގެ މަތިވެރި ނަންފުޅު ބޭނުން ކޮށްގެން ނޫސްވެރިންނަށް އިންޒާރު ދީފައެވެ.
އަލިރަސްގެ ފާނުގެ ކުރެއްވި ޖިހާދާއި ގުޅޭ ތާރީޚީ ހެކިތައް އޮޅުވާލައިގެން ފްލޯކް ވާހަކަ އެއް ގޮތަށް އެ ހާދިސާ އަށް ބޭނުންވާ ބައިތައް އިތުރު ކޮށްގެން މުއިއްޒު އެވާހަކަ ގެނެސް ދީފައި ވުމުން، ތާރީޚް ދިރާސާ ކުރާ ގިނަ ބަޔަކު ތިބީ އެކަމާއި ހިތްހަމަ ނުޖެހިފައެވެ. ފެކްޓް އާއި، ހެއްކަށް ބާރު ނުލިބެ ގޮތަށް ލިޔެފައި ހުންނަ ވާހަކަ ތަކަކީ ތާރީހުގައި ކަން ހިނގިގޮތް ކަމަށް ބެލެވޭ ކަންކަމެއް ނޫނެވެ.
މުއިއްޒު ވަނީ މީގެ ކުރިން ދިޔަވަރު ނޫހާއި، ކުރުސީ ނޫސް ބްލޮކް ކޮށްފައެވެ. އަދި ޤާނޫނު އަސާސީ އަށް ބާރު ފޯރެވޭ މިންވަރަށް މަޖިލިސް މެމްބަރުން އޭނާއަށް ލިބިއްޖެ ނަމަ، ނޫސްވެރިން ނިކަމެތި ކުރުމަށް މަޖިލީހުގެ ބާރު އޭނާ ބޭނުން ކުރާނެއެވެ. އަދި ނޫސްވެރިންނަށް ދެމުންދާ އިންޒާރާއި އެއްގޮތަށް އެމީހުން ޖަލަށް ލައި، އަނިޔާ ކުރާނެ ކަން ނޫސްވެރިން ޤަބޫލު ކުރެއެވެ.
މުއިއްޒު ވަނީ، ގެއްލިފައިވާ ކަނޑެއް ނެތީސް، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދާނެ ކަމަށް ބުނެ އަނެއްކާވެސް ދިވެހި ރައްޔިތުންގެ ކުރިމަތީ ދޮގު ހަދާފައެވެ. އަވަށްޓެރި ޤައުމުތަކާއި ދެކޮޅުވެރިވެ، ފިތުނަވެރި ވެރިކަމެއް ކުރަމުން އަންނަ މުއިއްޒު ސިފަވެގެން ދަނީ އިންޑިޔާ ކަނޑުގެ ޒެލަންސްކީގެ ގޮތުގައެވެ.